ރޯމޭނިއަންގެ ވިލެޖަކަށް ނިސްބަތްވާ ރައްޔިތުންވަނީ، ކޯވިޑް19 ޖެހިގެން މަރުވި އެމީހުންގެ މޭޔަރު އިއަން އާލިމާން އަލުން އިލެކްޝަންއިން ހޮވާފައެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެރަށުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި، އޭނާ ދުނިޔޭގަ ހުރިއިރު ކޮށްފައިވަނީ ވަރަށް ރަނގަޅު މަސައްކަތެއްކަމަށާއި އޭނާ އަށް މި މަޤާމު ހައްޤުވެގެންވާކަމަށް އެގައުމުގެ ރައްޔިތުން ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން، އިއަން އާލިމާން ދިވެސެލޫގެ މޭޔަރުކަމަށް ހޮވި މީ ތިންވަނަ ފަހަރެވެ. އެހެންނަމަވެސް، މިފަހަރުގެ މޮޅުވުން ލިބުނީ އޭނާ ކޯވިޑް19 ޖެހިގެން މަރުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ.
ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުންދާ ވައިރަލް ވީޑިއޯއިން ފެންނަ ގޮތުން، އޭނަ އިލެކްޝަނުން ހޮވުމަށްފަހު ގިނަ ބަޔަކު ވަނީ ގަބުރުސްތާނަށް ޒިޔާރަތްކޮށްފައެވެ. އަދި އެއީ އޭނާއަށް ލިބުނު މޮޅެއް ކަމަށާއި އަދި އޭނާއާމެދު ފަޚުރުވެރިވާކަމަށްވެސް ރައްޔިތުންވަނީ ބުނެފައެވެ.
ރިޕޯޓުކޮށްފައިވާ ގޮތުގައި އާލިމާން މަރުވީ އިލެކްޝަނަށް ވަރަށް ކައިރިވެފައި ހުއްޓާ ކަމަށްވާތީ އިލެކްޝަނުން އޭނާގެ ނަންވަނީ ނެގޭގޮތް ނުވެފައެވެ. މީގެ އިތުރުން، އެއްވެސް ކެންޑިޑޭޓަކަށް ރައްޔިތުންގެ އިތުބާރު މިވަރަށް ލިބިފައި ނުވާކަން އެއަވަށުގެ ޑެޕިއުޓީ މޭޔަރު ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ، މިކަމުން ދައްކުވައިދެނީ އޭނާއަށް ރައްޔިތުންގެ އިއްޒަތާއި ލޯބި ލިބިފައިވާ މިންވަރު ކަމަށާއި، އަދި މަރުވުމުންވެސް، އޭނާގެ މަގާމު ގެއްލިގެންނުދިޔުން އެއީ ރައްޔިތުންގެ ހިތުގައި އޭނާއަށް އޮތް ލޯބި ދައްކުވައިދޭ ކަމެއް ކަމަށެވެ.
ރޯމޭނިޔާގައި ކޯވިޑްގެ 125000 ހާހަށްވުރެ ގިން ކޭސްތައް ފެނިފައިވާއިރު ގާތްގަނޑަކަށް 5000 މީހުންވަނީ މަރުވެފައެވެ. ދުނިޔެއަށް ބަލާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 3.4 ކަރޯޑަށް އަރާއިރު، 10 ލައްކަ އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.