ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާއި ޖިންސީ ގުޅުން ހިންގަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ދެކުނުގެ އަތޮޅެއްގައި ހިނގި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިހުސްވި މަހުގެ 30 ވަނަދުވަހުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ގޮތުން އެ މައްސަލައާއި ގުޅިގެން އިއްޔެ ވަގުތެއްގައި 35 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާއަކީ އެކި ދުވަސް މަތިން އަންހެންކުއްޖާ ގްރޫމްކޮށް ޖިންސީ ޢަމަލު ހިންގަން ހިތްވަރުދީ ޖިންސީ ގުޅުން ހިންގަން އުޅުނު މީހެއްކަމަށް ފުލުހުން ވެސް ބުނެއެވެ.
ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން އަންނަކަމަށް ވެސް ބުނެފައެވެ.