ފުލުހުންގެ ތިން ބޭފުޅަކަށް އިންޒާރު ދިން މީހަކު 06 މަސް ދުވަހަށް ޖަލަށްލުމަށް ޙުުކުމްކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ފުލުހުންގެ ތިން ބޭފުޅަކަށް އިންޒާރު ދިން މީހަކު މި މަހުގެ 04 ވަނަ ދުވަހުގައި 06 މަސް ދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވާ ކަމަށެވެ.
މި ގޮތުން ޙުކުމްކޮށްފައިވަނީ ހދ.ކުޅުދުއްފުށީ މަންޒިލް, ޢުމުރުން 20 އަހަރުގެ މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށްކަމަށް ފުލުހުން ބުނެއެވެ.
މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދަޢުވާ އުފުލާފައިވަނީ، ހުސްވި އަހަރުގެ ޑިސެމްބަރުމަހުގެ ފުރަތަމަކޮޅުގައި ތިން ފުލުހެއްގެ ފޮޓޯ މީސްމީޑިއާގައި ޢާންމުކޮށް އެ ތިން ބޭފުޅުން މަރަންވީކަމަށް ބުނެފައިވާ މައްސަލައާއި ގުޅިގެންނެވެ.
މި މައްސަލައިގެ ތަޙްޤީޤު މަރުޙަލާގައްޔާއި ޝަރީއަތުގެ މަރުހަލާގައި މުޙައްމަދު ވަޙީދު އިބްރާހީމް އިޢުތިރާފުވެފައިވާތީއާއި އަދި މިއީ މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައި ވާތީ ކޯޓުން ނިންމީ 06 މަސްދުވަހަށް މުޙައްމަދު ވަޙީދު އިބްރާހީމް ޖަލަށްލުމަށެވެ.