ބ. އަތޮޅު ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ.
މި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށްވަނީ ހަމަޖެހިފައެވެ. އަދި 130 ކިލޯމީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.
ބ.ފެހެންދޫ ބަނދަރުހެދުމުގެ މަޝްރޫޢުގެ ދަށުން 25000 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާ 18500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުފުން ކުރުންވެސް ހިމެނެއެވެ.
ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، ހަމަކުރާ ގޮތުގައި މި މަސައްކަތުގެ އިތުރަށް 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމާ، ބަނދަރު ހިމެނޭ ސަރަހައްދުގެ މަގުބައްތި ޖެހުމާ، ނެރުބައްތި ޖެހުމާއި، 558 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.
ޖުމްލަ 49.66 މިލިއަންރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.