އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މަޢުލޫމާތުތައް ލީކުކޮށްލި ވިސިލް ބްލޯވަރ(ފާށާރު) ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ އެންއައިސީގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް, މަޖިލީހަށް ނަން ހުށަހަޅުއްވާފައިވާ
ޅ.ނައިފަރު/ނިކަގަސްދަށުގެ, ޤާސިމް ޢަބްދުލްކަރީމު އެ މަޤާމަށް ޢައްޔަންކުރުމާމެދު ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ގޮތުން ޤާސިމާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، މި މަހުގެ 12 ވާ ހޯމަ ދުވަހުގެ 00:14 ގެ ކުރިން ޝަކުވާ ހުށަހަޅަންޖެހޭނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
އެހެންކަމުން އެ މުއްދަތުގެތެރޭގައި ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރު
އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދޭކަމަށް ވަނީ ބުނެފައެވެ.