ކައިވެނި ކުރުމަށްޓަކައި ރީތި ބައިވެރިއަކު ހޯދުމަކީ އާ ކަމެއްނޫނެވެ. އަދި ކައިވެނިކުރާ ބައިވެރިޔާގެ ޝަރުތުތައްވެސް މިހާރުވަނީ ބަދަލުވަމުންނެވެ. އެންމެންވެސް ބޭނުންވަނީ ރީތިކޮށް ހިކިކޮށް ތިބޭ މީހުންނެވެ.
އެހެންނަމަވެސް ވަރަށްފަހުން ސޯޝަލް މީޑިޔާގައި ވައިރިލްވި ޕޯސްޓުގައި ނިތިން ސަނގްވަން ވަނީ ސޯޝަލް މީޑިޔާއަށް އެޑިކްޓް ނޫން ހަޔާތުގެ ބައިވެރިއެއް ހޯދުމަށް ޖަހާފައެވެ.
އަދި އެ އެޑްގައި އޭނާގެ ގޭގަ ކާރެއް އޮންނަ ކަމަށާއި ބޭނުންވަނީ ހިކިކޮށް، ދިގުކޮށް، އަދި ރީތި އަންހެނެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިއާއި އެކު ”އެއްވެސް ޑިމާންޑެއް“ ނުކުރާ ކަމަށް އޭނާވަނީ ލިޔެފައެވެ. ބޮޑު ސުވާލަކީ ”ނޯ ޑިމާންޑް‘ އޭ ކިޔަނީ ފައިސާ ނުނެގުމުން އެކަނިތޯއެވެ.

ކިޔުންތެރިން މިކަމާއިމެދު ދެކެނީ ކިހިނެއްތޯއެވެ. ސޯޝަލް މީޑިއާއަށް އެޑިކްޓްނުވާ އަންހެނެއް އަދި ފިރިހެނެއް މިޒަމާނުގައި ލިބޭނެތޯއެވެ. ސަބަބަކީ ސޯޝަލް މީޑިޔާ ޑިޒައިން ކޮށްފައި އެވަނީ އެއަށް މީހުން އެޑިކްޓްވާ ގޮތަށެވެ.