އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ޢާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިރޭ ބުނީ އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެތެރެއިން މި އަހަރުގެ ޖޫންމަހާއި ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ޢާާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ގޮތުން އަންނަ ބުރާސްފަތި ދުވަހު ދޫނިދޫގައި ބާއްވާ މި ހަރަާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
އެހެންކަމުން އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ މީހެއްގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރުގެ އިތުރުން ގުޅޭނެ ފޯނު ނަންބަރު ޕޮލިސް މީޑިއާ މެއިލް media@police.gov.mv މެދުވެރިކޮށް ފޮނުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ނަމަވެސް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށްކަމަށް ވެސް ފުލުހުން ބުނެއެވެ.