ސަނަމް ތޭރީ ކަސަމް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރު ހަޝްވަރުދަން ރާނޭ ކޯވިޑް 19 އަށް ފައްސި ވެއްޖެއެވެ.
ބައްޔަށް ފައްސިވި ކަން ކަށަވަރު ކޮށްދެމުން އޭނާ ބުނެފައިވަނީ، ހުން އައިސް ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކި ކަމަށާއި، އަދި ޑޮކްޓަރަށް ދެއްކުމުން އޭނާގެ ސިއްހަތު ރަނގަޅު ކަމަށް ބުނި ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކުމުން ކޯވިޑް 19 އަށް ޓެސްޓު ކުރި ކަމަށާއި، ޓެސްޓުގެ ނަތީޖާ ލިބުން އިރު އޭނާ ބައްޔަށް ފައްސިވެފައި ވާކަމަށެވެ. ފައްސިވުމުން މިހާރު ގޭގައި 10 ދުވަސް ވަންދެން ކަރަންޓީނުވެގެން މިހާރު ހުރިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ، 10 ދުވަހަށް ގޭގައި މަޑުކުރަން މިޖެހުނީ، ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް ދޭން ގާތް ވެފައި ވަނިކޮށް ކަމަށާއި، އެހެން ކަމުން ދެން އެހަބަރު ދޭނީ 10 ދުވަސް ފަހުން ކަމަށެވެ. އަދި އެހަބަރުން ހުރިހާ ސަޕޯޓަރުންވެސް އިފާވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ބައްޔަށް ފައްސިވި އިރު އޭނާ ދިޔައި ތައިޝް ނަމަކަށް ކިޔާ ޑްރާމާ ސީރީޒްގެ މަސައްކަތް ކުރަމުންނެވެ. 6 އެޕިސޯޑެއްގެ މައްޗަށް ބަހައިލައިގެން ގެނެސްދޭ ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.