ސުޝާންތުގެ މަރު ބޭނުން ކޮށްގެން އަމިއްލަ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމަށް ބުނެ ސިމީ ގަރޭވާލް ކަންގްނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފިއެވެ.
ކަންގްނާ ވަނީ ސުޝާންތުގެ މަރަށްފަހު މީސް މީޑިއާގައި ގިނަބައެއްގެ ސަމާލުކަން ހޯދާފައެވެ. އޭނާ ވަނީ ސުޝާންތުގެ މަރަށް ފަހު މުމްބާއީއާއި އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ވަރަށް ބޮޑަށޤ ފާޑުކިޔާ މަސްތުވާ ތަކެތީގެ ތުހުމަތު ތައްވެސް އަޅުވާފައެވެ.
މުމްބާއީ ޕޮލިސް ކޮމިޝަނަރގެ އިންޓަވިއު އެއް ޓުއިޓާގައި ހިއްސާ ކުރަމުން ސިމީ ބުނެފައިވަނީ، ސުޝާންތުގެ މަރުގެ ތަހުގީގު ކުރަމުންދާ ފުލުހުންނަށް ޝޫކުރު އަދާ ކުރާކަމަށާއި، ސުޝާންތުގެ މަރުގެ ފަހުން ފުލުހުންގެ އިދާރާގެ އަގު ވައްޓާލާ، ތަހުގީގަށް އެކި ގޮތް ގޮތުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ މީހުން ހޯދާ އެމިހުންނަށް ފިޔަވަޅު އެޅުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.
އޭނާގެ ޓުއިޓަށް ކޮމެންޓު ކުރި މީހަކު ބުނެފައިވަނީ، ސިމީ އަކީވެސް ކުރިން ފުލުހުންގެ އިދާރާގެ އަގުވައްޓާލަން މަސައްކަޔް ކުރި މީހުންނަށް ތައުރީފު ކުރި މީހެއް ކަމަށާއި، ސުޝާންތު މަރާލީ ކަމަށްވެސް ކުރިން ސިމީ ގަބޫލު ކުރި ކަމަށެވެ. އަދި ކަންގްނާމެން ފަދަ މީހުން ދައްކާ ވާހަކަތައް އޭރު ގަބޫލު ކުރި ކަމަށާއި، އެމީހުންނަށް އޭރު ތައުރީފު ކުރި ކަމަށެވެ. އަދި ކަންގްނާމެން އޭރު މަސައްކަތް ކުރީ ސުޝާންތުގެ މަރުގެ ބޭނުން ކޮށްގެން އަމިއްލަ މަންފާ ހޯދުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އެމީހާގެ ޓުއިޓަށް ރިޕްލައި ކުރަމުން ސިމީ ބުނެފައި ވަނީ، އެންމެންވެސް ފުރަތަމަ ހީކުރީ، ސުޝާންތު މަރާލީ ކަމަށާއި، އޭރު އެންމެންވެސް އެކަމުގެ ހަގީގަށް ހޯދަން ބޭނުންވި ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ތަހުގީގު ކުރަން ފެށުމުން ކަމުގެ ހަގީގަށް ހާމަވެގެން ދިޔަ ކަމަށާއި، ސުޝާންތުގެ މަރުގެ ބޭނުން އަމިއްލަ މަންފާއަށް ނެގި މީހުންނަކީ ހަޑި މުޑުދާރު ބައެއް ކަމަށްވެސް ސިމީ އަގަރްވާލް ވަނީ ބުނެފައެވެ.
ޖޫން މަހުގެ ތެރޭގައި މަރުވި ސުޝާންތުގެ ތަހުގީގު ފުލުހުން ހަލުވި ކަމާއި އެކު ކުރަމުންދާއިރު، އޭނާގެ އޯޓޮޕްސީ ރިޕޯޓް ދިރާސާކުރި ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ، ސުޝާންތު ދަންޖެހިގެން މަރުވީ ކަމަށާއި، އޭނާއަށް ދަންޖެހިގެން ލިބުނު އަނިޔާތަކުގެ އިތުރުން އެހެން އަނިޔާއެއް ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ.