ރައީސް ނަޝީދަކީ ސަރުކާރުގެ ބައިވެރިއެއް ނޫންކަމަށާއި ޤާނޫނު އަސާސީ އޮންނަގޮތުން އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް, ޚުދު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.
މި ގޮތުން މެންބަރު ސަޢީދު ވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައި އެއްބަސްވެފައިވާ ވިޔަފާރީގެ އެއްބަސްވުން ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވަނީ ސަރުކާރުގެ ފަރާތުންތޯ ނުވަތަ އަމިއްލަ ހައިސިއްޔަތުންތޯ ރައީސް ނަޝީދާއި ސުވާލުކުރައްވާފައެވެ.
ކުރިން ވެސް ޖަވާބު ދެއްވާހެން މި ސުވާލުގެ ޖަވާބުގައި ވެސް ރައީސް ނަޝީދު ވިދާޅުވީ ޗައިނާގެ އެފްޓީއޭއިން ރާއްޖެއަށް ކުރާނެ މަންފާއެއްނެތް ކަމަށާއި ޗައިނާ އެފްޓީއޭ ވުޖޫދުގައި ނެތްކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ބައިވެރިއެއް ނޫންކަމަށާއި ޤާނޫނު އަސާސީ އޮންނަގޮތުން އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާއި ސަރުކާރާއި އެމަނިކުފާނަކާއި ގުޅުމެއް ނެތް ކަމަށެވެ.
ނަމަވެސް ރާއްޖޭގައި މިހާރު އޮތީ އެ މަނިކުފާނު ތާއީދުކުރައްވާ ސަރުކާރެއް ކަމަށާއި އެ މަނިކުފާނަކީ އެމްޑީޕީގެ މެންބަރެއް ކަމަށާއި އެނޫން ގޮތަކަށް ސަރުކާރަކާއި ގުޅުމެއް ނެތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫންކަމަށް ޚުދު އެ މަނިކުފާނު ވިދާޅުވާއިރު ކޯލިޝަނެއްގެތެރެއިން ވުޖޫދުވި މި ސަރުކާރުގެ އެއް ބައިވެރިޔަކީ އެ މަނިކުފާނުކަން ވެސް ފާހަގަކޮށްލެވެއެވެ.
ބުނާ ބަުހުގެމާނަ އޮޅޭފަދަގޮތަކައް ޙަބަރް ގެނެސްދިނުން ހުއޓާލެއްވުން އެދެން ؟