”އަޅުގަނޑުމެންގެ އޮޑިއެއް ނުފެތޭނެ“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދުގެ ޞާލިޙުގެ ސަރުކާރުގެ ދޯދިޔާކަމާއި ދޯހަޅިކަމާމެދު ގިނަބަޔަކު ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
މި ގޮތުން ރައީސް ޞާލިޙަށް ޓެގްކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ގޮތެއްވިޔަސް ”އަޅުގަނޑުމެންގެ މި އޮޑިއެއް ނުފެތޭނެ“ ކަމަށެވެ. އަދި ދެ ބޭފުޅުން އެކުގައި މަސައްކަތްޕުޅުކުރެއްވުމުން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެވޭނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރައްޔިތުންނަށް ހެޔޮގޮތް ހޯއްދަވައިދެވޭނެކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މި މޭރުމުން ރައީސް ޞާލިޙްގެ ހިތްވަރުފުޅު އައުކޮށްދެއްވާފައިވާއިރު, ”އަޅުގަނޑަކީ“ މި ސަރުކާރުގެ ބައިވެރިއެއް ނޫންކަމަށް ވިދާޅުވިތާ މާ ގިނަ ވަގުތުތަކެއް ވެސް ނުވެއެވެ.
ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދު ހައްދަވާގޮތެއް ނޭނގެއެވެ. ދެއިރު ދެދަޅައަށް އެކައްޗެކޭ ވިދާޅުނުވާކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވައެވެ.
މިގޮތުން ރައީސް ނަޝީދަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއްބޭފުޅެއްކަމަށްވާ އަލްހާން ފަހުމީ ވަނީ އެހާ ބާރަށް ސަރުކާރާއި ޖެހިވަޑައިގަންނަވާކަށް ރައީސް ނަޝީދަކަށް ކެރިވަޑައެއްނުގަންނަވާ ކަމަށެވެ. އަދި
”ކައިގެންނޭ ފުރާނީ … ފުރާނީ ކައިގެންނޭ“ މިހެން ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.