ހުކުރު, ފެބްރުއަރީ 26, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަނީ

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
އޮކްޓޯބަރ 7, 2020
ޚަބަރު
0
ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަނީ

ޤާޟީ އިބްރާހީމް ޢަލީ

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

ADVERTISEMENT

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމާފައިވާއިރު, 60 ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް މިއަދު ވަނީ ނިންމާފައެވެ.

ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް ޖޭއެސްސީން ތަޙުޤީޤުކުރަމުންދިޔަ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ދިހަ މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ޝަރީޢަތް ނިމެންދެން މައްސަލައިގައި ތުހުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރެއްވުމަށްފަހު އެ މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބުތިދާއީ މަރުހަލާގައި ދަޢުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހައި ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިޢުނާފުކުރުމުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި ޕީޖީ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެނަމަ އެ މީހުންގެ ބަންދު މުރާޖަޢާކޮށް އެ މައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާއި އެއްގޮތަށް ޢަމަލުކުރެއްވުން ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެކެވެ.

މި ކަން ހާމަކޮށް ޖޭއެސްސީން މިއަދު ބުނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު ދިހަ މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްސަލައިގައި އެކި ދުވަސްމަތިން ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ޤާޟީ އިބްރާހީމް ޢަލީ ޢަމަލުކުރައްވާފައި ނުވާކަމަށެވެ.

އެ ގޮތުން އެ މައްސަލަތަކުގައި ބަންދު މުރާޖަޢާކޮށްދިނުމަށް އެދި 2018 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 23 ވަނަ ދުވަހާއި އެ މަހުގެ 30 ވަނަ ދުވަހާއި އެ އަހަރުގެ ނޮވެމްބަރު 12 އިގައި ކްރިމިނަލް ކޯޓަށް ޕީޖީގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެން ވެސް ބަންދު މުރާޖާޢާކުރުމަށް ހައިކޯޓުގެ ޙުކުމާ އެއްގޮތަށް އަޑުއެހުމެއް ތާވަލުކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ހިމެނޭ ދިހަ މީހުންގެ ތެރެއިން ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު, 2019 ވަނަ އަހަރުގެ އޭޕްރީލް 17 ވަނަ ދުވަހު ބާޠިލުކޮށް ނިންމި ނިންމުމުގައި މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގެ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕީޖީގެ ފަރާތުން ލަސްވެގެން ފަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން ފަސްދުވަހުގެ ތެރޭގައި މޫސާ އިބްރާހީމްގެ ބަންދާމެދު އެ ކޯޓުން އަލުން ގޮތެއް ނިންމަންޖޭނެކަމަށް ކަނޑައަޅާފައިވާކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލައިގައި ހިމެނޭ އެހެންފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖަޢާނުކޮށް ބޭއްވިގޮތަށް ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވާ މުހުލަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރު މޫސާ އިބްރާހީމްގެ މައްސަލައިގައި ވެސް ޕީޖީ އޮފީހުގެ ހުށަހެޅުމާމެދު ޤާޟީ އިބްރާހީމް ޢަލީ ގަސްދުގައި ގޮތެއް ނުނިންމައި ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޢަމަލުނުކޮށް އެ މައްސަލަ ލަސްކޮށްފައިވާކަމަށެވެ.

ޖޭއެސްސީން ބުނީ ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ޢަމަލުނުކުރާތީ ޕީޖީ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައިވާކަމަށާއި އެންމެފަހުން އެ މައްސަލައިގައި އަޑުއެހުމެއް ބޭއްވީ ހައިކޯޓުން ފޮނުވި ސިޓީއަކާއި ގުޅިގެން ހުސްވި އަހަރު ޖޫން 10 ވަނަ ދުވަހުކަން ވެސް ފާހަގަކުރެވޭކަމަށެވެ.

ހަމައެއާއެކު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ހުރިގޮތުން ދަޢުވާލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމަށާއި އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫންކަމަށާއި މަތީ މަރުހަލާގެ ކޯޓަކުން އެ ގޮތަށް އަމުރުކޮށްފައިވާތީ މަޖުބޫރީ ހާލަތެއްގައިކަން ދޭހަވާފަދަ ގޮތަކަށް ހައިކޯޓުގެ ޙުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް ބަސްމަގު ބައްޓަންކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން މި މައްސަލައިގެ ބާވަތަށާއި ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ޖޭއެސްސީގެ ޤާނޫނުގެ ދަށުން އެ މައްސަލަ ބެލި ތަޙުޤީޤު ކޮމިޓީގެ ހުށަހެޅުމާއި އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ 60 ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި ހަމައެއާއެކު ޤާޟީ އިބްރާހީމް ޢަލީގެ ސުލޫކީ އިތުރު 03 މައްސަލައެއް ތަޙުޤީޤުކުރަމުން އަންނަކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

އަނަސް ބޮޑުވީ ”ފްލެޓް ދޮންބެ“ އާއެކު، ބޮޑުވީ ފްލެޓްއަޅާނެ ގޮތުގެ ވާހަަދައްކަމުން: ނަޝީދު

އަނަސް ބޮޑުވީ ”ފްލެޓް ދޮންބެ“ އާއެކު، ބޮޑުވީ ފްލެޓްއަޅާނެ ގޮތުގެ ވާހަަދައްކަމުން: ނަޝީދު

ފެބްރުއަރީ 26, 2021
ފެނަކައިން ވޭމަންޑޫ ރައްޔިތުން އަނދިރިކަމުން އަލިކަމަށް ގެނެސްދީފި

ފެނަކައިން ވޭމަންޑޫ ރައްޔިތުން އަނދިރިކަމުން އަލިކަމަށް ގެނެސްދީފި

ފެބްރުއަރީ 26, 2021
އެމްޑީޕީން ރައްޔިތުންގެ އުންމީދުތައް ބޮލާލައި ނުޖަހާނެ: ރ.ނަޝީދު

އެމްޑީޕީން ރައްޔިތުންގެ އުންމީދުތައް ބޮލާލައި ނުޖަހާނެ: ރ.ނަޝީދު

ފެބްރުއަރީ 26, 2021
ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް: ދުންޔާ

ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް: ދުންޔާ

ފެބްރުއަރީ 26, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In