ދާދިފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި އެމޭޒަން ރެއިން ފޮރެސްޓްގެ ސާޅީސް އިންސައްތަ ކުރިއާއި ޚިލާފަށް ގަސް މަދު ސަރަހައްދުތަކަށް ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތެވެ.
މީގެ މައިގަނޑު ސަބަބައް ކަމުގައި ބެލެވެނީ މި އަހަރުގެ ކުރީކޮޅު އެމޭޒަން ރެއިން ފޮރެސްޓްގައި ހިނގި އަލިފާނުގެ ހާދިސާއެވެ. މީގެ ސަބަބުން މޫސުމަށާއި، އެތަނުގެ ދިރުންތަކަށް ވަނީ ބޮޑެތި އަސަރު ތަކެއް ކޮށްފައެވެ.
އެހެން ކަމުން ކުރިން ގަސްގަހާ ގެއްސާއި ދިރުންތަކުން މުއްސަނދިވެފައިވާ މި ފޮރެސްޓަކީ ގަސްތައް މަދު ދިރުންތައް މަދު ތަނަކަށް ވެގެން ގޮސްދާނެއެވެ. އޭގެ ސަބަބުން ދުނިޔޭގެ މޫސުމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ސައިންވެރިން ހާމަކުރެއެވެ.
އަދި މީގެ އިތުރުން ހަނަފަސް ކަމާއި އަލިފާނުގެ އިތުރު ހާދިސާތައް މިފަދަ ޖަންގަލި ތަކުގައި އިތުރަށް ހިނގައިދާނެ ކަމަށްވެސް ބެލެވެއެވެ.
ތިމާވެށީގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ބައެއް މީހުން ވަނީ އެމެޒޯންގައި ރިކޯޑު އަދަދަކަށް ހިނގާފައިވާ އަލިފާނުގެ ހާދިސާތައް އިތުރުވެފައިވަނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށް ތުހުމަތުކޮށްފައެވެ. އެމީހުން ވަނީ އެމެޒޯންއިން ގަސްގަހާގެހި ކެނޑުމަށް ދަނޑުވެރިކަން ކުރާ ފަރާތްތަކާއި އެފަދަ އެހެން ފަރާތްތަކުން ހިތްވަރު ދިނުމުގެ ސަބަބުން ދަނޑުވެރިން ގަސްދުގައި އެސަރަހައްދުގައި ހުޅުޖަހަނީކަމަށްވެސް ތުހުމަތުކޮށްފައެވެ.
އެމެޒޯން ރެއިންފޮރެސްޓަކީ ދުނިޔެ ހޫނުވުން ދުރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދަކަށްވާއިރު ދުނިޔެއަށް ބޭނުންވާ 20 އިންސައްތަ އޮކްސިޖަން އުފައްދަނީ އެ ސަރަހައްދުންނެވެ.