ޓްރީ ޓޮޕް ހޮސްޕިޓަލުން ކޯވީޑައަށް ޓެސްޓުކުރާ އަގުތައް ހެޔޮކޮށްފިއެވެ.
ޕީސީއާރް ޓެސްޓުގެ އަގަށް ބަދަލު ގެނައުމުގެ އިތުރުން ޓެސްޓު ހަދާ ނިސްބަތް އިތުރުކޮށްފައިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހަމަކުރެއެވެ.
މިއަދުން ފެށިގެން މި ބަދަލުތަކާއި އެއްގޮތަށް އަންނާނީ ޚިދުމަތް ދެމުންނެވެ.
ޕީސީއާރް ޓެސްޓުތަކުގެ އަގަށް ގެނައި ބަދަލުތަކަކީ..
ދިވެހި ރައްޔިތުން 1,399 ރުފިޔާވޯކް ޕާމިޓް ބިދޭސީން 1,399 ރުފިޔާފަތުރުވެރިން 1,499 ރުފިޔާއެވެ.
މި ބަދަލާއެކު އެ ހޮސްޕިޓަލުގައި އާ ޕީސީއާރް މެޝިނެއް ބަހައްޓައި ކެޕޭސިޓީ އަށް ގެންނަ ބަދަލާއެކު ސާމްޕަލް ނަގާތާ 48 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެއެވެ.
އަދި ޕީސީއާރު ޓެސްޓުގެ ނަތީޖާ އަވަހަށް ބޭނުންވާ ފަރާތްތަކަށް ނަތީޖާ އަވަސްކުރުމުގެ ޕްރީމިއަމް ޚިދުމަތް ވެސް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.