އުމުރުން 50 އަހަރުގެ މަޝްހޫރު ސައިކަލް ދުއްވުން ތެރިޔާ ބްރިޓިޝް ގްރޭންޑް ޕްރިކްސް، ސީން އެމެތް، އޭނާގެ އަންހެނުން ދުބާއީގައި އެމީހުން ތިބި ހޮޓެލްގެ ކުޑަ ދޮރުން ވެއްޓުނު މަންޒަރު ލޮލުން ދުއް ކަމަށް އެކަމާއި ގުޅޭ ގޮތުން ބޭއްވި އަޑުއެހުމެއްގައި ހާމަކޮށްފިއެވެ.
42 އަހަރުގެ އަބީ އެލްސަން، ސީން ގެ އަލަތު އަބިމީހާ، ވެއްޓުނު ކަމަށް ބުނަނީ އެދެމީހުންގެ ކައިވެނީގެ އަނގޮޓި ހޯދަން އުޅުމުގެ ތެރޭގައެވެ. ސީންގެ ކައިވެނީގެ ”ބެސްތް މޭން“ ގެ ގޮތުގައި ހުރި އޭނާގެ ބޭބެ، އެ އަޑުއެހުމުގައި ބުނި ގޮތުން، ސީން ވަނީ އެ ހާދިސާ ހިނގިތީ ގަޑިއިރު ތަކެއްގެ ތެރޭ އޭނާ އަށް ގުލައި އެ ހާދިސާ ހިނގި ގޮތް ކިޔާދީފައެވެ.
ސީންގެ އަންހެނުން ވެއްޓިފައިވަނީ ޖުމެއިރާ ކްރީކް ސައިޑް ހޮޓެލް، ދުބާއީ ގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި އެމީހުންގެ ސުއިތް ރޯމް އިން ފުރޮލާލައިގެންނެވެ.
މި މަންޒަރު ވަނީ އޭރު އެ ހޮޓެލްގެ ސެކިޔުރިޓީ ގާޑް އަކަށް ހުރި، 28 އަހަރުގެ ޖޯސެފް ސެމެންޑާ އަށް ފެނިފައެވެ. އޭނާ ބުނިގޮތުން އަންހެން މީހާ މަތިން ވެއްޓުނުތަން އޭނާއަށް ވަނީ އެދުވަހުގެ (19 ފެބްރުވަރީ 2013) ދަންވަރު 2:10 ހާއިރު ފެނިފައެވެ.
ސެމެންދާ ބުނިގޮތުން އެވަގުތު އޭނަ އެ އަންހެން މީހާ ވެއްޓުނު ތަނަށް ގޮސް ބަލި ވަގުތު މަތި ބެލްކަނިއިން ފިރިހެނަކު ބަލަން ހުރި މަންޒަރު އޭނާއަށް ފެނުނު ކަމަށެވެ. އަދި އޭގެ އިރުކޮލެއް ފަހުން ސިން އެ ހާދިސާ ހިނގި ތަނަށް އެއި ތިމަންނަގެ އަންހެނުންނޭ ގޮވަމުން އައި ކަމަށާއި، އަދި އޭނާގެ އަންހެނުން ނަށް ސީޕީއާރް ދޭން ވެސް އުލުން ކަމަށެވެ. އަދި އޭގެ ފަހުން އެމްބިޔުލާސް އަދި ޕޮލިސް މިސް އެލްސަން ގެންދިޔައި ކަމަށްވެސް އޭނާ ބުންނެވެ. މިހާދިސާގައި އަންހެން މިހާ ވެއްޓުނީތޮ ނުވަތަ މީހަކު ވައްތާލީތޯ ބުނަން ނޭގޭ ކަމަށްވެސް ސެމަންދާ ވަނި ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ސީން ދިހަ މަސްދުވަހުގެ ބަންދުގެ މުއްދަތެއްގައި ބެހެއްތުމަށްފަހު އެއްވެސް ފިޔަވަލެއް ނާޅާވަނި ދޫކޮށްފައެވެ. އަދި އެބުރި އޭނާގެ ގައުމަށް (އިނގިރޭސީ ވިލާތައް) ދިޔުމުން ވަނީ އަލުން ހައްޔަރުކޮށް އެ މައްސަލަ ބެލުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ސިންގެ ބޭބެ ޖޭސަން ބުނާ ގޮތުން ސީން އާއި އޭނާގެ އަންހެނުންނަކީ ރާ ބިޔުމަށް ދެވި ހިފުމުގެ އިތުރުން، ވަރަށްވެސް ހަލަބޮލި ދިރިއުލުމެއް އުލެމުން އައި ބައެކެވެ. އޭނަ ބުނި ގޮތުން އޭނާގެ ކޮށްކޮއަކި ވަރަށް ގަދަޔަށް ރާ ބޮއި އުޅޭ މީހަކަށް ވުމާއި އެކު އެފަދަ ވަގުތު ތަކުގައި ހުދު އޭނާވެސް ސީން އާއި ދުރުން އުލޭ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެދެމީހުންގެ ދިރިއުލުމުން އެއްވެސް ކަހަލަ ހަރުކަށި ކަމެއް ފެނިފައި ނުވާކަމަށްވެސް ޖޭސަން ވަނި ބުނެފައެވެ.
އެހެން ނަމަވެސް ސީން އަދި އެލްސަންގެ ދިރިއުޅުމުގައި ބޮޑެތި މައްސަލަތައް ހުރެ ދެ މިހުން ޒުވާބު ކުރާ އަޑު އިވޭ ކަމަށްވެސް އެދެމިހުންގެ ރަށްޓެހިން އަދި އަވައްތެރިންވެސް ވަނީ ބުނެފައެވެ.
މި އަޑުއެހުމުގައި އެލްސަންއަކީ ނަފްސާނީ ބަލި ވަރަށް ކުރިއްސުރެންވެސް ތަހައްމަލު ކުރަމުން އަންނަ މީހެއް ކަމަށާއި، ޑިޕްރެޗަން އަދި އަމިއްލަ ނަފްސައް ގެއްލުން ދިނުމުގެ އަލާމާތްތައް ވެސް ފެންނަން ހުރި ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުންވެސް އެލްސަން އާއި ސިން ދިމާވުމުގެ ކުރިންވެސް އެލްސަން އަމިއްލައަށް މަރުވާން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ކަމަށްވެސް އަޑު އެހުމުގައި ވަނި ހާމަ ކޮށްފައެވެ.
ޑޮކްޓަރުން ބުނާ ގޮތުން އުމުރުން 10 އަހަރުން ފެށިގެން އެލްސަންގެ އަތާ ފައިގައި ތަންތަން ކަޑާ ނަގާފައި ހުރި ކަމަށް ބެލެވޭ ކަމަށާއި އަދި ސީން އާއި ދެމީހުން ކައިވެނި ކުރިތާ ދުވަސްކޮޅެއްގެ ތެރޭ އެލްސަން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ވަނީ ފަށާފައެވެ.
އަޑު އެހުމުގައި ހާމަކުރިގޮތުން އެލްސަން ގެ ދިރިއުޅުމުގެ ފަހު އަހަރު ތަކުގައި އޭނަ ވަނީ އެތަކެއް ފަހަރު ހޮސްޕިޓަލް ގައި އެޑްމިޓް ކޮށްފައި ކަމަށެވެ. އަދި އޭނާގެ އަތާއި މެޔާއި އަދި ކަރަށް އަނިޔާ ލިބިފައި ވާކަން ވެސް އިގެން ހުރި ކަމަށްވެސް އަދުއެހުމުގައި ވަނީ ހާމަކޮށްފައެވެ.
މުޙައްމަދު ރީހާން އަށް ބުނެލަންއޮތީ ޙަބަރު ލިޔާއިރު ދިވެހި ބަހުގެ ގަވައިދު ތަކަށް ފެތޭގޮތަށް ސާފުކޮށް ކިޔަން އެނގޭނެފަަދަ ގޮތަށް ލިޔާށެވެ. ކިއުމަށްފަހު ޕޯސްޓް ކުރުމުގެ ކުރިން އަލުން ބަލާ ޗެކްކޮށްލާށެވެ.