ރަނގަޅު ފެންވަރަކަށް ހުރަވީ ބިލްޑިންގް މަރާމާތުުރުމަށް ނުވަތަ މުޅި ޢިމާރާތް ހުސްކޮށްފައި ތަޅައިލުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެެއްވި ޓްވީޓެއްގައެވެ.
މި ގޮތުން ވިދާޅުވީ ވޭތުވެދިޔަ ދެއަހަރު ދުވަސްތެރޭގައި ހުރަވީ ބިލްޑިންގ އެއްގޮތަކަށް ވެސް މަރާމާތުނުކުރާ ކަމަށެވެ. އެ ގޮތުން އެ ތަން ހުރީ ބޮލަށް ވެއްޓޭ ހާލަތުގައިކަމަށް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޑރ.މުޢިއްޒު ވަނީ ރައްޔިތުންގެ ތަކެއްޗަށް ބޮޑު ގެއްލުމެއް ނުލިބެނީސް ރަނގަޅު ފެންވަރަކަށް އެ ޢިމާރާތް މަރާމާތކުރަން ގޮވައިލައްވާފައެވެ. ނުވަތަ އެ ޢިމާރާތް މަރާމާތުނުކުރެވެންޏާ ތަން ހުސްކޮށްފައި ތަޅައިލުމަށް ގޮވައިލާކަމަށް ވެސް ވިދާޅުވެފައެެވެ.
އެމްވީކްރައިސިސް ރިޕޯޓުކޮށްފައިވާ ގޮތުގައި ހުރަވީ ބިލްޑިންގ ގައިހުރި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އޮފީހުގެ ސީލިންގ ވެސްވަނީ ވެއްޓިފައެވެ.