ހުކުރު, ފެބްރުއަރީ 26, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

އިދިކޮޅު ކޯލިޝަނުން މޯދީއަށް ވަރުގަދަ މެސެޖުތަކެއް

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
އޮކްޓޯބަރ 8, 2020
ޚަބަރު
2
އިދިކޮޅު ކޯލިޝަނުން މޯދީއަށް ވަރުގަދަ މެސެޖުތަކެއް

ރާއްޖެ އަޅުވެތިކުރަން ނޫޅުމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ގެންދިއުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ADVERTISEMENT

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ބެހޭގޮތުން ސަރުކާރުން އެކިފަހަރު ވާހަކަދައްކަނީ އެކި ގޮތަށް ކަމަށާއި ނަމަވެސް ރާއްޖޭގައި މިހާރު އިންޑިއާ ސިފައިން ތިބިކަން ޔަޤީންވެފައިވާ ކަމަށެވެ.

ރާއްޖެ އަޅުވެތިކުރަން ނޫޅުމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ގެންދިއުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮވައިލައްވާކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖެ ކުޑަވެފައި އިންޑިއާ ބޮޑުވުމަކީ ރާއްޖެ ހިޞާރުކުރަން މޯދީއަށް ލިބޭ ލައިސެންސެއް ނޫންކަމަށެވެ.

މޯދީއަށް މެެސެޖުތަކެއް ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖެއަކީ ދިވެހިންގެ އަމިއްލަ ޤައުމުކަމަށާއި މި ޤައުމަކީ ކާބަފައިން ލެއާއި ދާއޮހޮރުވައިގެން މިހައި ހިސާބަށް ގެނެސްދެއްވާފައިވާ މިނިވަން މުސްތަޤިއްލު ޤައުމެއްކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއްކަމަށާއި ރާއްޖޭގައި ބުދަށް އަޅުކަން ކުރަން ޖާގަދޭކަށް ބޭނުންފުޅުނުވާކަމަށާއި ރާއްޖޭގައި އޮތް ސުލްހަވެރިކަން ނަގާލައި އެކުވެރިކަން ގެއްލުވައިލަން ވެސް ބޭނުންފުޅުނުވާކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ހަމައެއާއެކު ޢަބްދުއްރަޙީމް ވަނީ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ބޭއްވުމަށާއި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ބޭއްވުމަށާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ މި ޤައުމު ކުރިއަށް ގެންދަން ނިކުންނަން ތައްޔާރަށް ތިބިކަމަށް ވިދާޅުވެފައެވެ. އަދި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވުމަށް ސާބިތުކަންމަތީގައި ކެރިގެން ތައްޔާރަށް ތިބިކަމަށް ވެސް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

އަނަސް ބޮޑުވީ ”ފްލެޓް ދޮންބެ“ އާއެކު، ބޮޑުވީ ފްލެޓްއަޅާނެ ގޮތުގެ ވާހަަދައްކަމުން: ނަޝީދު

އަނަސް ބޮޑުވީ ”ފްލެޓް ދޮންބެ“ އާއެކު، ބޮޑުވީ ފްލެޓްއަޅާނެ ގޮތުގެ ވާހަަދައްކަމުން: ނަޝީދު

ފެބްރުއަރީ 26, 2021
ފެނަކައިން ވޭމަންޑޫ ރައްޔިތުން އަނދިރިކަމުން އަލިކަމަށް ގެނެސްދީފި

ފެނަކައިން ވޭމަންޑޫ ރައްޔިތުން އަނދިރިކަމުން އަލިކަމަށް ގެނެސްދީފި

ފެބްރުއަރީ 26, 2021
އެމްޑީޕީން ރައްޔިތުންގެ އުންމީދުތައް ބޮލާލައި ނުޖަހާނެ: ރ.ނަޝީދު

އެމްޑީޕީން ރައްޔިތުންގެ އުންމީދުތައް ބޮލާލައި ނުޖަހާނެ: ރ.ނަޝީދު

ފެބްރުއަރީ 26, 2021
ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް: ދުންޔާ

ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަމަށް: ދުންޔާ

ފެބްރުއަރީ 26, 2021

Comments 2

  1. Adhurey says:
    5 months ago

    Baghaavaaiy raavamun gedhaathee India sifain raajjeygai thibejje nama baghaavaaiy koh gethakuge furaalhu gai vaa tinu thah dhanvaru vagah vikkan varah dhathi vedhaane thee Adhurey ge baigadu kan boduvanee.

    Reply
    • Tinugandu says:
      5 months ago

      Hahaha..dhogehvaa nun..lol

      Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In