ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ނަން އަނބުރާ ގެންދިއުމަށް ހުޅުވައިލި ފުރުސަތުގެތެެރެއިން އިތުރު ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެތެރެއިން ނަން އަނބުރާ ގެންދިއުމަށް އިލެކްޝަން ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ ހުސްވި ޖޫން މަހުގެ 23 ވަނަ ދުވަހުގައެވެ.
މި ގޮތުން މީގެ ކުރިން 59 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ އިތުރު ކެންޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.
އެއީ ޅ.ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަގޮތުން ވާދަކުރަން ނިންމަވާފައިވާ ހުޅަގުމަތީގެ/ޅ.ހިންނަވަރު, ޢާއިޝަތު މުޙައްމަދުފުޅުކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކުރާ މަޢުލޫމާތަށް ބަލާއިރު, މިހާތަނަށް އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ އަމިއްލަގޮތުން ވާދަކުރަން ނިންމަވާފައިވާ ކެންޑިޑޭޓުންނާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ނިންމަވާފައިވާ ކެންޑިޑޭޓުންކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.