އާދިއްތަ, ފެބްރުއަރީ 28, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދަރިފުޅު މަންމަ މެރުމަށްފަހު ފްރީޒާއަށް ލައިފި

މުހައްމަދު ރީޚާން ލިޔުނީ: މުހައްމަދު ރީޚާން
އޮކްޓޯބަރ 9, 2020
ދުނިޔެ
0
ދަރިފުޅު މަންމަ މެރުމަށްފަހު ފްރީޒާއަށް ލައިފި

އަންހެން ހެދުން އެޅުމަށް ގަޔާވާ 47 އަހަރުގެ ފިލިޕް ޓާވާރ އޭނާގެ 86 އަހަރުގެ މަންމަ މެރުމުގެ ތުހުމަތުގައި 19 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ADVERTISEMENT

ފިލިޕް ޓާވާރ އޭނާގެ މަންމަ މަރާލައިފައިވަނީ މަސްތުގެ ހާލުގަ ހުރެ އޭނާގެ މަންމަގެ ބަނޑަށް ވަޅި ހެރުމަށްފަހުއެވެ. އަދި މަރާލުމަށްފަހު ހަށިގަނޑުން ބޯ ބުރިކޮށް ފްރީޒާއަކަށް ވަނީ ލާފައެވެ. އަދި އެއަށްފަހު އޭނާގެ މަންމަ އެންޖެލާގެ އިނގިލިތައް ބުރިކޮށް ސައިކުރާއަށް ލާފައިވެއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ފިލިޓް އޭނާގެ މަންމަ މަރާލުމަށްފަހު 83 އަހަރުގެ ބައްޕަ ކޯލިން އަށް ރޭޒަރަކުން ހަމަލާދިނުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އޭނާ ހަމަލާދިނުމުގެ ކުރިން ކޯލިންވަނީ ފުލުހުންނަށް ގުޅުމުގައި ކާމިޔާބު ވެފައެވެ.

މިމައްސަލަ ކޯޓުގައި ބަލަމުން ދިޔައިރު ކޯލިން ކިޔައިދިން ގޮތުގައި އޭނާގެ ދަރި އެހާބޮޑުވެފައިވީ އެރު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އޭނާގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ މުސްކުޅި މައިންބަފައިން ކަމުގައި ކިޔައިދިނެވެ. އަދި އޭނާ ގިނަ ރޭތައް ހޭދަކުރަނީ ގޭމް ކުޅުމުގަޔާއި މަސްތުވާ ތަކެތި ބޭނުން ކުރުމުގައި ކަމުގައިވެސް ކޯލިން ކިޔައިދިނެވެ. ފުލުހުން ފްލީޓް އާއި ސުވާލުކުރުމުން އޭނާ ވަނީ ތުހުމަތު ދޮގުކޮށް އޭނާގެ ބައްފަގެ ބޮލުގައި މަރުގެ ތުހުމަތު އަޅުވާފައެވެ. އެހެންނަމަވެސް، ނަފްސާނީ ބަލީގެ ޑޮކްޓަރުން ވަނީ އޭނާގެ ސިކުނޑި ހަމަޖެހޭ ކަމަށާއި އަދި އޭނާ މަސްތުވާ ތަކެތީގެ އަވާގައި ހުރެ ކުރި ކަމެއް ކަމުގައި ބުނެފައެވެ.

ހަދިސާ ހިނގާދިޔަގޮތް ކޯޓަށް ކިޔައިދެމުން ކޯލިން ބުނިގޮތުގައި ހާދިސާ ހިނގައިދިޔަ ދުވަހުގެ އެއްދުވަސް ކުރިން އޭނާ ލައްވާ 7 ފުޅި ރަލަށް ލާރި ދެއްކިކަމުގައި ވެއެވެ. އަދި ޖެހިގެން އައި ދުވަހު ހެނދުނު އަންހެން ހެދުމެއް އަޅައިގެން ގޭތެރެ ސާފުކުރުމަށް ސިޓިންގް ރޫމް އަށް އައެވެ. އަދި އެދެމަފރިން ޓީ.ވީ ބަލަން އުޅެނިކޮށް ޓީ.ވީ ގެ ވާގަނޑު ނައްޓާ އުނދޫކުރިކަމަށް ބުންޏެވެ. އަދި ކޯލިން އޭނައާ ދިމާލަށް ހަޅޭ ލަވައިގަތުމުން ބަދިގެއަށް އޭނާ ދިޔައެވެ. އޭރު އޭނާގެ މަންމަ ސައިތައްޓެއް ހެދުމަށް ބަދިގ ތެރޭގައި ހަރަކާތްތެރިވެ އުޅެއެވެ. އަދި  ކޯލިން ޓީވީގެ ވާގަނޑު ޖެހިތަނާހެން ބަދިގެއިން ހަޅޭކުގެ އަޑު އިވުނުކަމަށާއި އަދި އޭނަ ދިޔައިރު އޭނަ އަންހެނުން ބަދިގެއަށް ވެއްޓިފައި އޮތް ކަމަށް އޭނާ ކިޔައިދިނެވެ. އަދި ކޯލިން އަށް އެ މަންޒަރު ފެނުނު ކަން ފިލިޓްއަށް އެނގުނު ހިސާބުން އޭނާ މަރާލާނެ ކަމަށް ފިލިޓް ބުނިކަމުގައި ވެއެވެ.

ކޯލިން ކިޔައިދިން ގޮތުގައި އޭނާ އެވަގުތު މަސައްކަތް ކުރީ ވީހާވެސް އަވަހަށް ފުލުހުންނަށް ގުޅޭތޯއެވެ. އަދި އޭނަ ދިޔަވަގުތު ފިލިޓް ވަނީ އޭނާގެ މަންމަގެ ބޯ ބުރިކުރުމަށްފަހު ފޮށްޓަކަށްލާ ފްރީޒާއަށް ލާފައެވެ. އަދި އިނގިލަތައް ފެނުނީ ސައި ކައްކަން ގެންގުޅުނު ކުރައަށް އަޅާފައެވެ. ކޯލިން މި ވާހަކަތައް ކޯޓަށް ކިޔައިދީފައިވަނީ ނުހަނު ހިތާމައާއި އަސަރާއި އެކިއެވެ.

ފިލިޓް ޓާވާގެ މައްޗަށް އޭނާގެ މަންމަގެ މަރުގެ ތުހުމަތުގައި 19 އަހަރުގެ ޖަލު ހުކުމެއް މިއަދު ކޯޓުން އިއްވާފައިވެއެވެ. އަދި އޭނާގެ ބައްޕައަށް ބިރުދެއްކުމުގެ ތުހުމަތުގައި އިތުރު 18 މަސްވަނީ އިތުރުކޮށްފައެވެ. ކޯޓުން ބުނިގޮތުގައި އޭނާގެ މައްޗަށް އިތުރު ދައުވާ ތަކެއްވެސް ވެއެވެ.

ގުޅުންހުރި ލިޔުންތައް

އެންމެ ޑޯޒެއް ބޭނުންވާ ޖޯންސަން އެންޑް ޖޯންސަންއަށް އެމެރިކާގެ ހުއްދަ

އެންމެ ޑޯޒެއް ބޭނުންވާ ޖޯންސަން އެންޑް ޖޯންސަންއަށް އެމެރިކާގެ ހުއްދަ

ފެބްރުއަރީ 28, 2021
ޚާޝޮގްޖީ މަރާލަން ހުއްދަ ދިނީ ސައުދީ ޕްރިންސް: އެމެރިކާ

ޚާޝޮގްޖީ މަރާލަން ހުއްދަ ދިނީ ސައުދީ ޕްރިންސް: އެމެރިކާ

ފެބްރުއަރީ 27, 2021
އިންސާނީ ހައްގުތަކާއި ބެހޭ ގަރާރަށް ލަންކާގެ ފާޑުކިޔުން އަމާޒުވެއްޖެ

އިންސާނީ ހައްގުތަކާއި ބެހޭ ގަރާރަށް ލަންކާގެ ފާޑުކިޔުން އަމާޒުވެއްޖެ

ފެބްރުއަރީ 27, 2021
އިންޑިއާގައި ކޮވިޑް 19 ގެ ހާލަތު އަނެއްކާވެސް ގޯސްވެއްޖެ

އިންޑިއާގައި ކޮވިޑް 19 ގެ ހާލަތު އަނެއްކާވެސް ގޯސްވެއްޖެ

ފެބްރުއަރީ 27, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • އަނިޔާ ކުރިކަމަށްް ބުނެ، ދައުރުކުރަމުންދާ ފޮޓޯގެ ޙަޤީޤަތް، ސީޕީ ޙަމީދު ހާމަކޮށްދެއްވައިފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In