ހުކުރު, ފެބްރުއަރީ 26, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ފޭސް މާސްކް ނާޅާ ހަމައެކަނި ޕްލާސްޓިކުން ހަދާފައިވާ ފޭސް ޝީލްޑް ބޭނުން ކުރާ ކިތައް މީހުން ފެނޭތޯ؟

މުހައްމަދު ރީޚާން ލިޔުނީ: މުހައްމަދު ރީޚާން
އޮކްޓޯބަރ 9, 2020
ތަފާތް
0
ފޭސް މާސްކް ނާޅާ ހަމައެކަނި ޕްލާސްޓިކުން ހަދާފައިވާ ފޭސް ޝީލްޑް ބޭނުން ކުރާ ކިތައް މީހުން ފެނޭތޯ؟

ގެއިން ބޭރަށް ނުކުމެގެންދާއިރު މޫނަށާ، ކަންފަތް އަދި ނޭފަތައް އުދަގޫވާ މާސްކެ ގެ ބަދަލުގައި މޫނު ނިވާ ވާގޮތަށް ބޮލުގައި ފޭސް ޝީލްޑް އަޅައިގެން އުޅެން ފަސޭހަ ކަމަކު ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިއީ އެންމެ ބުއްދިވެރި ގޮތް ނޫންކަން ވަނީ ފާހަގަ ކުރެވިފައެވެ.

ADVERTISEMENT

ޖަޕާނު ސަރުކާރުން ޚަރަދުކޮށްގެން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި 100 އިންސައްތައަށް 5 މައިކްރޯ މީޓަރަށް ވުރެ ކުދި ”ޕާރޓިކަލްސް“ މީހާގެ މޫނާއި ޝީލްޑް އާއި ދެމެދުން ނުކުމެގެން ދެއެވެ. އަދި އޭގެ ދެބައިކުޅަ އެއްބައި އިންސައްތައަށް 50 މައިކްރޯ މީޓަރުގެ ”ޕާރޓިކަލްސް“ ވެސް ވައިގެ ތެރެއަށް ދެއެވެ. ޝީލްޑުން ހިފަހައްޓައިދެނީ ހަމައެކަނި 50 މައިކްރޯ މީޓަރަށްވުރެ ބޮޑެތި ”ޕާރޓިކަލްސް“ ކަން ވަނީ ބަޔާންކޮށްފައެވެ.

މި ދިރާސާ ހިންގާފައިވާ މަރުކަޒު ކަމުގައިވާ ”ރިކެންސް ސެންޓަރ ފޯ ކޮމްޕިއުޓޭޝަނަލް ސައިންސް“ އިން ”ދަ ގާރޑިއަން“ އަށް މަޢުލޫމާތު ދިނުމުގައި ދިރާސާ ކޮމިޓީގެ ލީޑަރ މަކޮތޯ ޓްސުބޮކުރާ ބުނާގުތުގައި، ކޮވިޑް ޖެހިފައިވާ މީހެއްގެ ފަރާތުން ނުކުމެގެންދާ ”ޕާޓިކަލްސް“ ފޭސް ޝީލްޑް އެޅުމަކުން، ކައިރީގަ ތިބޭ މީހުން ރައްކާތެރިކޮށެއް ނުދެއެވެ. އެއީ މާސްކް އާ ޚިލާފަށް ޝީލްޑް އިން މި ބުނާ ”ޕާރޓިކަލްސް“ ބޭރުވެގެންދާތީއެވެ.

ހަމަ މިފަދައިން، ”ފިޒިކްސް އޮފް ޕްލުއިޑްސް“ ކިޔާ ޖޯނަލް އެއްގައި ޕަބްލިޝް ކޮށްފައިވާ ގޮތުން ކެއްސާ ކިބިހި އަޅާއިރު ބޭރުވާ ”ޕާޓިކަލްސް“ ކުރިމަތީގައި ހުންނަމީހާއަށް ބޮލޮކް ކުރުމުގައި ފޭސް ޝީލްޑް މަސައްކަތް ކުރިކަމުގައިވިޔަސް ދެ ކޮޅުން ފަސޭހައިން މި މައިކްރޮސްކޯޕިކް ތަކެތި ފެތުރިގެން ދެއެވެ.

އިންޑިޔާގެ އެތެރަ ހަށީގެ މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ޑރ. ޓުޝާރް ރޭން ބުނާ ގޮތުގައި ”….. ހާމަ ތަނެއްގައި ފޭސް ޝީލްޑްއިން ރައްކާތެރިކަން ފޯރުކޮށްދިން ކަމުގައިވީ ނަމަވެސް، މީހުން ގިނަވާ ތަންތަނާއި ހެލްތް ކެއަރ ފެސިލިޓީސް ކަހަލަ ބަލި ފެތުރުމަށް ފަސޭހަވާ ތަންތަނުގައި ހަމައެކަނި ފޭސް ޝީލްޑް ބޭނުންކުރުމަކީ އެހާ ބުއްދިވެރި ކަމެއްކަމުގައި ނުފެނޭ. އެހެނަސް، ރަގަނޅަށް ނޭފަތާއި އަގަ ބަންދުވާފަދަ ފޭސް މާސްކް، N95 މާސްކް ނުވަތަ ސާޖިކަލް މާސްކް ބޭނުން ކުރުމުން އެފަދަ މާޙައުލުގައި ރައްކާތެރިކަން ލިބޭނެ. ކޮންމެ ކަމުގެއްގައިވެސް އެންމެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، މާސްކް އެޅުމުގައިވެސް އެހާ ގިނައިން އަތްލާ، ނަގާ އެޅުމުން ދުރުހެލިވުން އެންމެ ރަނގަޅީ. ވައިރަސް އިން ރައްކާތެރިކަމަށް ފޭސް ޝީލްޑްއަށް ވުރެ މާސްކް ބޭނުންކުރުން މުހިއްމު..“

ގިނަ ފަރާތްތަކުން އާއްމުކޮށް ފޭސް މާސްކްގެ ބަދަލުގައި ޕްލާސްޓިކް ޝީލްޑް ބޭނުން ކުރަމުންދަނީ، އޭގެ ފަސޭހަ ކަމާއެކު، އެއިން މީހާގެ މޫނު ފެނުމާއި، މުޖުތަމަޢުގައި އުޅޭއިރު އެކަކު އަނެކަކާ މުޢާމަލާތް ކުރުމުގައި މީހާގެ އިހްސާސްތައް ދައްކުވައިދެނީ މޫނުމަތިން ކަމަށްވާތީ އެ ބޭނުމުގައެވެ. އަދި ފޮޓޯ ނެގުމާއި އެފަދަ އެހެނިހެން ސޯޝަލް މީޑިއާއާ ގުޅުން ހުރި ކަންކަމުގައި، ދެއްކުންތެރި ކަމުގެ ނިޔަތުގައިވެސްމެއެވެ. އެހެނަސް، މުޅިދުނިޔެއަށް ދިމާވެފައިވާ މި ބޮޑު ވައިރަހުން ސަލާމަތް ވުމަށް މިއީ އެންމެ ރައްކާތެރި ގޮތް ނޫންކަމުގައި ދެނެގަންނާށެވެ.

ގުޅުންހުރި ލިޔުންތައް

އާމްލާ އަކީ ބަރުދަން ލުއިކުރުމަށް ހަމަ ޖަވާހިރެއް!

އާމްލާ އަކީ ބަރުދަން ލުއިކުރުމަށް ހަމަ ޖަވާހިރެއް!

ފެބްރުއަރީ 25, 2021
މިއީ ދުނިޔޭގެ 2 ވަނައަށް އެންމެ އަގުބޮޑު ”ގެ“ ރީތި ތަ؟

މިއީ ދުނިޔޭގެ 2 ވަނައަށް އެންމެ އަގުބޮޑު ”ގެ“ ރީތި ތަ؟

ފެބްރުއަރީ 24, 2021
ހުވާއިން ފަތް ޖެހޭ ފޯނެއް ބާޒާރަށް ނެރެފި

ހުވާއިން ފަތް ޖެހޭ ފޯނެއް ބާޒާރަށް ނެރެފި

ފެބްރުއަރީ 24, 2021
ދުނިޔެއަކީ ވަށް ބޯޅައެއް ނޫންކަމަށް ގަބޫލުކުރި ދެ މަފިރިޔަކު ދުނިޔެ ނިމޭތަނަށް ދަތުރުކުރަން މަސައްކަތް ކޮށްފި

ދުނިޔެއަކީ ވަށް ބޯޅައެއް ނޫންކަމަށް ގަބޫލުކުރި ދެ މަފިރިޔަކު ދުނިޔެ ނިމޭތަނަށް ދަތުރުކުރަން މަސައްކަތް ކޮށްފި

ފެބްރުއަރީ 23, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In