އުމުރުން 28 އަހަރުގެ ޒުވާނެއް، ގެޓް އިންޓު މޯލްޑިވުސް ޓުރެވަލްސް އެޖެންސީގައި މަސައްކަތް ކުރަމުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އާންމުން ހޭލުންތެރި ކުރަމުގެ އިތުރުން އަމިއްލަ ވިޔަފާއިއެއް ކުރަމުން ގެންދާ، ރަޢުނާ ޢަލީ ޝަރީފް އާންމު ނަމުން ނަމަ ރަޢުނާއެވެ.
”ދި ޑެއިލީ“ގެ ފުރައިޑޭ ސުޕެޝަލްގެ ޙާއްޞަ އިންޓަވިއުއަށް ކުލީން މޯލަޑިވްސްގެ ނައިބް ރައީސާ ރަޢުނާއަށް މަރުޙަބާ ދަންނަވަން. އަދި ތި ދެއްވި ވަގުތުކޮޅަށް ޓަކައި ޝުކުރު އަދާ ކުރަމުން ސުވާލުތަކަށް ޖެހިލާނަމެވެ.
ކިއްވެ ކުލީން މޯލްޑިވްސްއަށް ޖޮއިން ކުރީ؟

ރަޢުނާ އަކީ ތިމާވެއްޓަށް ލޯބިކުރާ މީހަކަށް ވެފައި، ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއް ކުނީގެ މަސައްލައަކީ. މިކަމަށް އަޅުގަނޑުމެން ޒުވާނުން އިސްނުނަގައިފި ނަމަ ތިމާވެށި ހިމަޔާތް ކުރުމުގެ މަސައްކަތް ކުރާނެ އިތުރު ބަޔަކު ނުވާނެ. ދިވެހިންގެ ވިސްނުމާ ފިކުރު މިކަމަށް ބަދަލު ކުރަން ބޭނުންވުމާއި ތިމާވެއްޓަށް މިކުރާ ނޭދެވޭ އަސަރުތައް ނައްތާ ލުމުގެ ގޮތުން މި ޖަމުޢިއްޔާއަށް ގުޅުނީ.
މިހާތަނަށް ކުލީން މޯލްޑިވްސުން ކުރި ކަންތައްތަކަކީ ކޮބާ؟

ކޯވީޑް-19ގެ ސަބަބުން ކުރަން ރާވާފައިވާ ބޮޑެތި އިވެންޓްތައް ނުކުރެވި މިދަނީ.. ނަމަވެސް އަޅުގަނޑުމެންގެ އެންޖީޔޯއިން މީގެ ކުރިން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ގަސް އިންދުމުގެ އިވެޓެއް ބާއްވާފައި ވާނެ. ކޯވީޑް ތެރޭގައި ވެސް އޮންލައިންކޮށް ކަންކަން ކުރިން. އެގޮތުން، ތިމާވެށިގެ ދުވަސް ފާހަގަ ކުރުން، ވޭލް ޝާކް ޑޭ، އާރތު ޑޭ މީގެ އިތުރުން ވޯލްޑް މަންޓާ ޑޭ ވެސް ފާހަގަ ކޮށްފައި ވާނެއެވެ.
ތިމާވެށި ހިމަޔާތް ކުރުމަށް ފަރުދީ ގޮތުން ރަޢުނާ ކުރާ މަސައްކަތަކީ ކޮބާ؟
ޕުލާސްޓިކް (ސިންގަލް ޔޫސްޑް ޕުލާސްޓިކް) މަދުކުރުމުގެ ގޮތުން ޝޮޕިންއަށް ދާއިރު އަމިއްލަ ދަބަހެއް ގެންދިއުމާއި ހެދިކާ ފަދަ ތަކެތި ގަންނަން ދާއިރު ޓައްޕެއް ކަހަލަ އެއްޗެއް ގެއިން ގެންދިއުން އަދި ގޭތެރެ ފެހި ކުރުމަށްޓަކައި ގަސް އިންދުން ހިމެނެއެވެ.

ރަޢުނާއަކީ ކުޑައިރުއްސުރެ ވެސް އިވެންޓް އޯގަނައިޒް ކުރާހިތް ވާ ކުއްޖެއް ކަމަށާއި އެ ގޮތުގެ މަތިން މިހާރު އަމިއްލަ ވިޔަފާރިއެއް ފަށާފައިވާ ކަމަށް ރަޢުނާ ބުންޏެވެ. ޕާފެކްޓް ޕުލޭންގެ ނަމުގައި ހުޅުވާފައިވާ ރަޢުނާގެ ޕޭޖް މެދުވެރިކޮށް އިވެޓެއް ބާއްވަން ބޭނުންވާ ކޮންމެ ބޭފުޅަކަށް ހުރިހާއެއްޗެއް އެއްތާކުން ފެންނާނެގޮތް ހެދުމުގެ ބޭނުމުގައި ހުޅުވާފައިވާ ޕާފެކްޓް ޕުލޭން މެދުވެރިކޮށް ކޭޓަރިން، ޑުރެސް، ސެލޫން، މިއުޒިކް އެންޓަޓޭއިން މީގެ އިތުރުން ފޮޓޯގިރަފީ ވެސް ރައުނާގެ ޕޭޖް މެދުވެރިކޮށް ފެންނާނެއެވެ. ޕާރފެކްޓް ޕްލޭންގެ ނަމުގައި ފަށާފައިވިޔަސް މިހާރު ”ބޮޅުފަތި“ ނަމަށް ނަން ވަނީ ބަދަލު ކުރެވިފައެވެ. ރަޢުނާގެ ޕޭޖަކީ www.bolhufathi.com އެވެ.
ގެޓް އިންޓު މޯލްޑިވުސް ޓުރެވަލް އެޖެންސީގައި ރަޢުނާ ކުރާ މަސައްކަތަކީ ކޮބާ؟

ގެޓް އިންޓު މޯލްޑިވްސް އަކީ އޭވިއޭޝަން ގެ ކަންތައްތައް ވެސް ކުރާ ތަނެއް. ގެސްޓުން ރައުނާމެންނަށް އެޕްރޯޗް ކުރީމަ ރައުނާމެން ގެސްޓުން ގެ ރިކުއަރމަންޓްސް އަކީ ކޮބާތޯ ބަލާފަ އެގޮތަކަށް ގެސްޓުންގެ ކަންތައްތައް ހަމަޖައްސައި ދިނުން.
އަންހެން ކުއްޖަކަށް ވީތީ ތި މަސައްކަތުގައި ވަރަށް ގޮންޖެގުން ކުރިމަތި ވޭ ތޯ؟

ނޫނޭ… އެންމެން ވެސް ވަރަށް ސަޕޯޓިވް. މަސައްކަތުގެ މާހައުލުގައި ވަރަށް ގުޅިގެން އުޅެނީ.
ވަރަށް ފަހަކުން އަޅުގަނޑުމެންނަށް އަޑު އިވިގެން ދިޔަ ޓޫރިޒްމް މިނިސްޓުރީގެ ތެރޭގައި އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރައާއި ކުރިމަރިވި އަޑުތަށް، އެހެންވެ މި ސުވާލު މި ކުރެވެނީ. ހަމައެކަނި ސަރުކާރުގެ އިދާރާ ތަކެއްގައެއް ނޫން މިކަން މި ހިނގަނީއެއް، ޕުރައިވެޓް ސެކްޓާގައި ވެސް މިކަން ހިންގާތީ މި ސުވާލު މި ކުރަނަނީ!؟
ރައުނާމެން އޮފީހުގައި ވަރަށް ފުރެންޑްލީ އެންވައިރަމަންޓެއްގަ ހުރިހާ ކުދިން ވެސް މަސައްކަތް ކުރާނީ. އޮފީސް ތެރޭގެ މަސައްކަތްތަށް ކުރަން އުޅޭނީ ހުސް އަންހެން ކުދިން. އެކަމް އެއާރޕޯޓަށް ދާން ތިބޭނީ ފިރިހެން ކުދިން. ހުރިހާ ކުދިން ވަރަށް ހެލްޕްފުލްވެ، ހަމަ ވަރަށް އެކުވެރި ކަމާއިއެކު މަސައްކަތް ކުރާނީ.
3 ކޮންޕެނީގައި މަސައްކަތް ކުރާއިރު ކިހިނެއް ވަގުތުތަށް މެނެޖް ކުރަނީ؟
ރަޢުނާ ގެޓް އިންޓު މޯލްޑިވުސްގައި ވަރަށް ފުލެކްސިބަލްކޮށް މަސައްކަތް ކުރަނީ.. އެހެން ނަމަވެސް ޓުރެވަލް އެޖެންސީއެއްވީމަ 7/24 މަސައްކަތް ކުރަންޖެހެއެވެ. އެހެންވެ، ކުލީން މޯލްޑިވްސްއަށް ދޭންޖެހޭ ޓައިމްއެއް ނުދެވެއެވެ. ވަރަށް މަސައްކަތް ކުރަން ވީހާވެސް ގިނަ ވަގުތު ކްލީން މޯލްޑިވްސް އަށްވެސް ދެވޭތޯ.
ކޮވިޑުން ދަސްވި ފިލާވަޅަކީ ކޮބާ؟
ކޮންމެ ކަމެއްގައި ވެސް އެންމެން އެކީގައި ގުޅިގެން މަސައްކަތް ކުރުން.
ސިންގަލް، މެރިޑް؟
އަދި މެރިޑެއް ނޫން.. اللّٰه އިރާދަފުޅުން ވަރަށް އަވަހަށް
އާންމުންނަށް ބުނެލަން އޮތީ؟
ސިންގަލް ޔޫސްޑް ޕުލާސްޓިކް، ސިންގަލް ޔޫސްޑް އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕުލާސްޓިން މަދުކުރުމަށް ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވާ! އަދި ހަމަ އެހެންމެ މޫދަށް ކުނި ނުއުކުން އެއީ ވަރަށް އެދޭ ކަމެއް.
މުޖުތަމަޢުއަށް ރައުނާ ދިން މެސެޖް!
ކޮންމެ ކަމެއް ވިޔަސް ވައްޓެއެވަރ އިޓް އިޒް ކުރަން ފަސް ނުޖެހޭށެވެ. ކޮށްފިޔާ ޔޫ ވިލް ސަކްސީޑިން އިޓް. ކުނިނެގުމަކީ ވެސް ހަޑިކަމެއް ނޫނޭ، އެ ވެސް ހަމަ ވަރަށް ރީތި ކަންތައް އިފް ޔުއާރ ޓުރައީ ޓު ޑޫ ސަމްތިން ޑޫ އިޓް. ޑޫ އިޓް ޓިލް ޔޫ ސަކްސީޑް އިޓް. ގިވަޕް ނުކުރާށޭ. ސަކްސަސް ވަންދެން ކުރާށެވެ.
ރައުނާގެ ޝުކުރުގެ ލިސްޓު!
އާއިލާއިންނާއި ރަޙްމަތްތެރިން ދޭ އެހީތެރި ކަމާއި އެއްބާރުލުމަށް ރައުނާ ޝުކުރު އަދާކުރިއެވެ. ވަރަށް ޚާއްސަކޮށް މަންމަ، ރަޢުނާގެ ބޮޑު ދައިތަ އެއް ކަމަށްވާ ޙަފްޟަތު ޢަލީމް އަދި ރަޢުނާގެ ބައިވެރިޔާ ފަރާތުން ލިބޭ އެއްބާރުލުން ރަޢުނާ ފަގަކުރެއެވެ. ކުލިން މޯލްޑިވްސްގެ ޕާޓަކަށް ރަޢުނާ ހެދީތީ އެ ޖަމިއްޔާއަށާއި އެކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން، ވަކިން ޙައްސަކޮށް ގެޓް އިންޓު މޯލްޑިވްސް ޓުރެވަލްސް އެޖެންސީގެ ސީއީއޯ މުޙައްމަދު މަޢުރޫފްއަށް ޝުކުރު އަދާކުރިއެވެ.

ކުރިއަށް އޮތް ދުވަސް ތަކަކީ އުފާ ފާގަތި ދުވަސް ތަކެއްކަމުގައި ލައްވައި، ރައުނާ ދެކެމުން ދާ ހުވަފެންތަކުގައި މާތްﷲގެ އިރާދަ ފުޅާއެކު ހަޤީޤީ ކުލަ ޖެހިގެން ދިއުން ދި ޑެއިލީގެ މެނޭޖްމަންޓާއި އަޅުގަނޑުގެ އަމިއްލަމަނުގައި އެދެމެވެ.
ރައުނާ އަކީ ފިސާރި ކަބަލެއް!