ގދ.ތިނަދޫން ކޮވިޑް-19 އަށް 02 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މިކަމާއި ގުޅިގެން ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ހޯމް ކަރަންޓީނުގައި ހުރި 02 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ދެމީހުން ޕޮޒިޓިވްވިކަން އެނގިފައިވަނީހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެގި ސާމްޕަލުގެ ނަތީޖާއިންކަމަށް ވެސް ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.
މިގޮތުން ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުވަނީ ތިނަކަށް އިތުރުވެފައެވެ.