ބައްޕަ އަކު އޭނާގެ 10 މަހުގެ ތުއްތު ދަރިފުޅު ރޭޕް ކުރުމުން ލިބުނު އަނިޔާތަކަށް ކެތްނުކުރެވި ހަބަރު ހުސްވުމުން، ބައްޕަ އެކުއްޖާ މަރުވީތޯ ބަލަން ގޫގަލް ކޮށްފިއެވެ.
ޕެންސިލްވެނިޔާއަށް ނިސްބަތްވާ 29 އަހަރުގެ އޮސްޓިން ސްޓީވެންސް ވަނީ އެނާގެ 10 މަހުގެ ތުއްތު ދަރިފުޅަށް އެކި ގޮތްގޮތުން ޖިންސީ ގޯނާ ކޮށްފައެވެ. އަދި އެ އަނިޔާތަކަށް ކެތްނުކުރެވި، 10 މަހުގެ ޒާރާ ސްކްރަގްސް ވަނީ މާގިނައިރުތަކެއް ނުވެ މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ.
އެގައުމުގެ ފުލުހުންނާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި، ދަރިފުޅު ނޭވާ ނުލައިގެން އޮސްޓިން ފުލުހުންނަށް ގުޅި ކަމަށާއި، ފުލުހުން އެގެއަށް ގޮސް ޒާރާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ ދެގަނޑިއިރު ފަހުން ތުއްތު ކުއްޖާ މަރުވެފައި ވާކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، ޒާރާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި، އެކުއްޖާގެ ބައްޕަ، އޮސްޓިން ފުލުހުންނަށް ގުޅުމުގެ އެއްގަޑިއިރުގެ ކުރިން، ގޫގަލްގައި ”ކުއްޖަކު ހަބަރު ހުސްވުމުން ހަދާނެ ގޮތް“ ހޯދުމަށް ސާރޗް ކޮށްފައިވާކަމަށެވެ. އެގޮތުން އޭނާ ގޫގްލް ގައި ”އަހަރެންގެ ދަރިފުޅު ނޭވާ ނުލާ“ އަދި ”ދަރިފުޅު މަރުވެއްޖެކަން ދެނެގަންނާނީ ކިހިނެތް“ މިފަދަ އެއްޗެހި ހޯދައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން، އެގަޑީގައި އޭނާ އިންސްޓަގްރާމް އިން ދެ އަންހެނަކާ ފްލާޓްކޮށް ވާހަކަދައްކާފައިވާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން އޮސްޓިން ދިރިއުޅޭ ގެ ބަލާ ފާސކުރި އިރު، ޒާރާ ޖަހާފައިވާ ނެޕީ ވަނީ ފެނިފައި ވާކަމަށާއި، އަދި އެ ނެޕީ އޮތީ ލެއިން ފޯވެފައި ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްގައި ވަނީ ބުނެފައެވެ.
މި މައްސަލައިގައި، އޮސްޓިން މިހާރުވަނީ 1 ބިލިއަން ޑޮލަރުގެ ބެއިލްއާއި އެކު ހައްޔަރު ކޮށްފައެވެ. އަދި އެމައްސަލައިގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ، އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.