ވަނަ އަހަރުން ފެށިގެން 2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެ ދައްކަން މި ޖެހެނީ ރައީސް އިބްރާހިމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރާއިކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭއިރު އެވަރަށް އާމްދަނީ ނެތުންކަމަށެވެ. އަދި އެ މަނިކުފާނު އިސްތިއުފާދެއްވި ފަހުން ރައީސް ޞާލިޙް ވެރިކަމަށް އައުމާއި ދޭތެރޭ ކުރީ ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެ ދައްކަން މި ޖެހެނީ ރައީސް ޞާލިޙްގެ ސަރުކާރާއިކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ގޮތުން ސަރުކާރުގެ އާމްދަނީ އެއްކޮށް ހުސްވެފައިވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެންމެ ގިނައިން ދައްކަންޖެހެނީ 2021 އިން 2023 އާއި ދެމެދުގައެވެ. އަދި މިއަދުގެ ހާލަތަށްބަލާނަމަ އެންމެ ބުއްދިވެެރިގޮތަކީ 2012 ވަނަ އަހަރުން ފެށިގެން 2018 އާއި ދެމެދުގެ ދަރަނި އިތުރު ޖޫރިމަނާއަކާއި ނުލައި ބިނާކުރުންކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.