ރ.ވާދޫން ކޮވިޑް-19 އަށް 04 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މިކަމާއި ގުޅިގެން ރ.ވާދޫ ހެލްތު ސެންޓަރުން ބުނީ ހޯމް ކަރަންޓީނުގައި ތިބި 05 މީހެއްގެ ކަރަންޓީންގެ މުއްދަތު ހަމަވުމުން އިއްޔެ ސާމްޕަލް ނަގާފައިވާކަމަށެވެ.
އެ ގޮތުން އެ ފަސް މީހުންގެ ތެރެއިން 4 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ވާދޫ ހެލްތު ސެންޓަރުން ވަނީ ބުނެފައެވެ.
އެ 4 މީހުންނަކީ ވެސް މާލެއިން ވާދޫއަށް އައިސް ހޯމް ކަރަންޓީނުގައި ތިބި ބައެކެވެ.
ރާއްޖޭގެ ރަށްރަށުން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނައިރު, މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 10800 އަށްވުރެ އިތުރުވެފައިވެއެވެ.
މީގެ އިތުރުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަރަންޓީނުގެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އެ ހެލްތުސެންޓަރުން އިލްތިމާސް ކުރެއެވެ.