ކޮރޯނާވައިރަސް މުޅިދުނިޔެއަށް ފެތުރިފައިވާއިރު އެ ބަލި ނެތް ގައުމެއް ދުނިޔޭގައި މަދެވެ. އެގޮތުން އަވައްޓެރި އިންޑިޔާގައި ކޮރޯނާވައިރަސް އުޅޭތާ 8 މަސް ވެގެންދިޔައިރު އެގައުމުގެ ގިނަ އަވަށްތަކެއްގައި ވަނީ މިބަލި ފެތުރިފައެވެ. އެހެންނަމަވެސް، މި މުއްދަތުގެ ތެރޭގައި ބަލީގެ އަލާމާތެއް ނުފެނި އެއްވެސް ރެކޯޑެއް ނެތް ރަށަކަށް އިންޑިޔާގެ ލަކްޝަދްވީޕް ވަނީ ފާހަގަވެފައެވެ.
އިންޑިޔާއަށް ބަލާލާއިރު މިބަލި ޖެހިފައިވާ މީހުންގެ އަދަދު 6.84 މިލިއަނަށް އަރާފައިވާއިރު، ގާތްގަނޑަކަށް 5.83 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.
ލަކްޝަދްވީޕް ގައި މިބަލި ނުފެތުރި ސަލާމަތްވީ އެތަނުގެ ލީޑަރުން ކުރިއާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން ގާތްގަނޑަކަށް 64,000 މީހުން ދިރިއުޅޭ މި ސަރަހައްދުގައި ޓެސްޓްކުރަން ފެށުމާއި ކަރަންޓީނަށް މީހުން ލުން މަޖްބޫރުކުރިއެވެ. އަދި ރަށަށް މީހުން އެތެރެވުމުގެ ކުރިން ނެގެޓިވް ސާމްޕަލްއެއް އޮތްތޯ ޗެކްކުރެވުނެވެ. މީގެއިތުރުން 8 މަސްވަންދެން އެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު މިބައްޔަށް ކޮންޓެކްޓި މީހުން ވަނީ ކެރެލާގައި ފަރުވާދީފައެވެ.
މިސަރަހައްދުގައި 53 ސްކޫލެއްގައި 11,000 ދަރިވަރުން ކިޔަވަންދެއެވެ. އަދި މި ސަރަހައްދުގެ އިސްވެރިން ކުރިއާލާ މި ބައްޔަށް ރައްކާތެރިވެ އެޅި ރަނގަޅު ފިޔަވަޅު ތަކުގެ ސަބަބުން މިހާރު ސްކޫލްތައް ހުޅުވައި ދަރިވަރުން ސްކޫލްތަކަށް ދާންފެށީ އެފާވެރިކަމުގެ ފުއްޕާހަމާއި ކުރެހުންތަކާއެކުއެވެ. ހަގީގަތުގައިވެސް މީ ނަމޫނާ ރަށެކެވެ.
ލަކްސައްދީބުގައި އެތައްރަށެއްހިމެނޭ މިނިކޮއި އެއީ ތިބުނާ މަލިކެވެ އެއީ ވެސް ލަކްސައްދީބްގެ ރަށެކެވެ.