ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް 19 އަށް ގިނަ ގައުމު ތަކަކުން ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ލަންކާއިން ކޯވިޑް 19 އިން ރައްކާތެރި ވުމަށް ދެބޭހެއް އުފައްދާފިއެވެ.
އިންޑިޖިނަސް މެޑިސިން ޕްރޮމޯޝަން، ރޫރަލް އެންޑް އަޔޫރްވެދިކް ހޮސްޕިޓަލްސް ޑެވެލޮޕްމެންޓް އެންޑް ކޮމިއުނިޓީ ހެލްތްގެ ސްޓޭޓް މިނިސްޓަރ ސިސިރާ ޖަޔާކޯޑީ ވަނީ ކޯވިޑް19 އާއި ގުޅިގެން އެބައްޔަށް ހުށަހެޅޭ މީހުން އެބަލިން ރައްކާތެރިވުމަށްޓަކައި ތަފާތު ބޭސްތައް އުފައްދާފައިވާކަމަށް ބުނެފައެވެ.
މިނިސްޓަރު ބުނިގޮތުގައި އަޔުރްވެދަރ ޑިޕާޓްމަންޓްއިން ވަނީ ދެވައްތަރުގެ ބޭސް އުފައްދާފައެވެ. އޭގެ ތެރޭގައި ދިޔާބޭސް އަދި ގުޅަބޭސް ހިމެނެއެވެ. އަދި މި ބޭހަކީ 100 އިންސައްތަ ފަތްޕިލާވެލިން އުފައްދާފައިވާ ބޭހެއްކަމަށްވެސް ވަނީ ބުނެފައެވެ. އަދި މި ބޭހަށް ނަން ދެވިގެންވަނީ ”ސަދަންގަ ޕަނަޔާ“ އަދި ”ސުވަދަރަނި އިމުނައިޒިންގް ޑްރިންކް“ ގެ ނަމުންނެވެ.
މިނިސްޓަރު އިތުރަށް ބުނިގޮތުގައި މި ބޭސް ބޭނުން ކުރުމަށް ފަށާނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި، އަދި ތަރައްގީ ވެފައިތިބި ގައުމުތަކުން ކޯވިޑް19 އަށް ފަރުވާއެއް ނުހޯދުމުގެ ސަބަބުން އެކިކަހަލަ ގެއްލުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ލަންކާއިން ކޮވިޑަށް ބޭހެއް އުފައްދާފައިވާއިރު އެޤައުމުން ވަނީ ބަލި ކޮންޓްރޯލް ވެފައި ވަނިކޮށް އަނެއްކާ ބަލީގެ ގިނަ ކޭސްތަކެއް ފެނިފައެވެ.