ގިނަ އަދައެއްގެ ޓީޗަރުން ބުނާގޮތުގައި ލޮކްޑައުންގެ ހަމަސްދުވަހަށްފަހު ކުދިން އަބުރާ ސްކޫލްތަކަށް ދިޔައިރު އެކުދިންގެ އަޚްލާގު ކުރިއަށްވުރެ ގޯސްކަމަށެވެ. އަދި ކްލާސް ގަޑީގައިވެސް ސަކަރާތް ޖެހުމުގައި ގިނަކުދިން އުޅޭކަމަށް ޓީޗަރުން ވަނީ ބުނެފައެވެ.
ޓެސް މެގެޒިން އިން ހިންގި ސަރވޭއިން ދައްކާގޮތުގައި 67 އިންސައްތަ ޓީޗަރުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންގެ އުޅުން ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އަދި އެންމެ 31 އިނަސަތައިގެ ކުދިންގެ ކިބައިން ކުރީގައިވެސް ހުރި އަޚްލާގް ފެނިގެންދިޔަކަމަށެވެ.
ލޮކްޑައުންވުމުގެ ސަބަބުން ނިއުނޯމަލްގައި އުޅެން ދަރިވަރުންނަށް ވަރަށް އުނދަގޫވެފފައިވާއިރު ނަފްސާނީ ގޮތުންވެސް އަސަރު ކޮށްފައިވާކަމަށް ޓީޗަރުން ވަނީ ބުނެފައެވެ. އެސޯސިއޭޝަން އޮފް ސްކޫލް އެންޑް ކޮލެޖް ލީޑާރސްގެ ޖެނެރަލް ސެކެރެޓަރީ ޖިއޮފް ބާރޓަން ބުނިގޮތުގައި ސްކޫލުން ބޭރުގައި އެހާ ގިނަދުވަސް ހޭދަކުރުމަށްފަހު ނިއުނޯމަލްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަކީ ދަރިވަރުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމެކެވެ.
އަދި ސްކޫލް ދަރިވަރުން ބުނާގޮތުން ސްކޫލް ވަގުތު ނިމެންދެން ކުދިންނާ ގައިގޯޅިނުވެ އެއްތަނެއްގައި އިށީނދެ އިނދުން އެކުދިންނަށް ވަރަށް އުނދަގުލެވެ. އަދި އޭގެ ސަބަބުން ރަށްޓެހިން ހޯދަންވެސް ވަނީ އުނދަގޫވެފައި ކަމަށް އެކުދިން ވަނީ ބުނެފައެވެ.