ޖަޕާންގެ ޓޯކޮއޯގެ ފަތުރުވެރިކަން އިތުރު ކުރުމަށް ތަފާތު އުކުޅެއް ބޭނުން ކުރުމަށް އެއަވަށުން ނިންމާފިއެވެ.
ޔޮމިއުރިލޭންޑް ތީމް ޕާކުން ވަނީ، އޮންލައިންކޮށް ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ހެޔޮ އަގުގައި އެޕާކިގެ ތަންތަނުގައި ތިބެވޭނެ ގޮތް ހަމަޖައްސާފައެވެ. އެގޮތުން ”އެނބުރި ސެނބުރީ“ ގައި ތިބެ ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް އެތަނުން ލިބޭނެއެވެ. އަދި މިއީ ހެނދުނުން ފެށިގެން ރޭގަނޑު ވަންދެން ހުޅުވާފައި ހުންނާނެ ޕާކެއް ކަމަށްވެސް އެޕާކުން ވަނީ ބުނެފައެވެ.
ސީއެންއެންގައި ރިޕޯޓް ކޮށްފައިވާގޮތުގައި، އެޕާކުގައި ވަކިން ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އެފުރުސަތުވެސް ވަނީ ފަހިވެފައެވެ. އެހެން ނަމަވެސް އެކަހެރިކޮށް ތިބެ ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކުން، 1،900 ޔެން އާއި 3،000 ޔެންގެ ފީއެއް ދައްކަން ޖެހޭ ކަމަށްވެސް ވަނީ ރިޕޯތްކޮށްފައެވެ.
މިމަހުގެ 15 ވަނަ ދުވަހު ހުޅުވަން ހަމަޖެހިފައި ވާއިރު މިހާރުވެސް ގިނަބަޔަކު އަންނަނީ އެކަމަށް އެދި ކުރިއާލައި ފައިސާ ދައްކަމުންނެވެ. ވަކިން ހާއްސަކޮށް ގިނަބަޔަކު ވަނި ”އެނބުރި ސެނބުރީ“ ގައި ތިބެ ވަޒީފާ އަދާކުރުމަށް ފައިސާ ދައްކާފައެވެ. މީގެ އިތުރުން އެޕާކުގައި ވަނީ ބިރުވެރި ހޮހޮޅައަކާއި، ފެންގަނޑު ތަކާއި އަދިވެސް ތަފާތު އެކި ތަންތަން މިކަމަށް ހާއްސަ ކުރެވިފައެވެ.
މި ޕާކުގެ ކޮންމެ ހިސާބެއްގައިވެސް ހިލޭ ވައިފައި ލިބިގެން ދާއިރު މިއީ ކޯވިޑް 19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޕާކުން ކުރި ކަމެކެވެ. މީގެ ސަބަބުން ގޭގައި ތިބެ ވަޒީފާ އަދާކުރާ ފަރާތްތަކަށް ބޭރަށް ނިކުމެ ހިތްހަމަ ޖެހިގެންތިބެ ވަޒީފާ އަދާކުރެވޭނެ ފުރުސަތު ވަނީ ހުޅުވިފައެވެ.