ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން އިބްރާހިމް ޢަލީ އިސްތިއުފާ ދެއްވައިފިއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން އިބްރާހިމް ޢަލީ އިސްތިއުފާ ދެއްވާފައި މިވަނީ އެ ބޭފުޅާ މަޤާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.
ފަނޑިޔާރުކަމުގެ މަޤާމުން އިބްރާހިމް ޢަލީ އިސްތިއުފާ ދެއްވިކަން ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް އިސްތިއުފާދެއްވާފައިވަނ ކޮން ސަބަބަކާހުރެކަމެއް ޖޭއެސްސީއަކުން ހާމައެއްނުކުރެއެވެ.
ސުލޫކީ މައްސަލައަކާއި ގުޅިގެން ފަނޑިޔާރު އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ މި މަހުގެ 07 ވަނަ ދުވަހުގައެވެ.
ފަނޑިޔާރު އިބްރާހީމް ޢަލީ 60 ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން އޭރު ނިންމިއެވެ.