މިއަދުގެ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި މިތިބީ 21 ވަނަ ގަރުނުގައި އުފެދުނު އެންމެ ބޮޑު ޣައްދާރުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝީޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، މިނިސްޓަރ ފައްޔާޒް، އިންޑިއާ އިން ރާއްޖެ ހިފަން ބޭނުން ނަމަ ދިވެހިން މަރާފަވެސް އެކަން ކުރާނެ ކަމަށް ވިދާޅުވުމުންނެވެ. ފައްޔާޒް ވިދާޅުވީ، އިންޑިއާ އިން ރާއްޖެ ހިފަން ބޭނުންނަމަ އަދި އެގައުމުގެ ދަށުގައި އޮތް ތަނަކަށް ހަދަން ބޭނުންނަމަ ދިވެހިން މަރައިގެން ވިޔަސް އެކަން އޮންނާނީ މިހާރު ކޮށްފައި ކަމަށެވެ.
އެކަމާއި ގުޅިގެން މެމްބަރު ޝީޔާމް ވިދާޅުވީ، އިންޑިއާއިން ބޭނުން ނަމަ ރާއްޖޭގެ ރައްޔިތުން މަރާފައިވެސް ގައުމު ހިފާނެ ކަމަށް ފައްޔާޒް ބުނުމަކީ ލަދުވެތި ކަމެއް ކަމަށާއި، އެކަމަށް ރައްޔިތުންގެ ކިބައިން އޭނާ މާފަށް އެދެން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ، މީގެ ކުރިން ޑިފެންސް މިނިސްޓަރ މާރިޔާވެސް، އިންޑިއާއިން ރާއްޖެ ހިފަން ބޭނުން ނަމަ އެކަން ކުރާނެ ކަމަށް ވިދާޅުވުމަކީ ލަދުވެތި ކަމެއް ކަމަށާއި، ބޭރުގައުމު ތަކުގައި ކުރިއަށްދާ ފޯރަމްތަކުގައި ރާއްޖެހިފުމުގެ ވާހަކަ ދައްކާއިރު ފޮރިން މިނިސްޓަރ ޝާހިދު އެކަމަށް އިންނަވަނީ ބޯ ޖަހާލަ ޖަހާލަ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ދިވެހިން މަރާފަވިޔަސް ގައުމު ހިފަން ބޭނުންވާ ބަޔަކަށް އެކަން އެކަން ކުރެވިދާނެ ކަމަށާއި، އެކަމް ދިވެހިން ދުވަހަކުވެސް އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ބޭރުގެ އެއްވެސް ގައުމެއްގެ ކުރިމަތީ ދިވެހިން ކުޑަކަކޫ ނުޖަހާނެ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ފައްޔާޒްގެ ވާހަކަތަކާއި ގުޅިގެން، އޭނާއަށް އަންނަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން އަދި މިހާތަނަށް ފައްޔާޒް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
raees yaaameen dhivehi dhaulathah libunu hurihaa faisaa vagah negeema ok vi bayakah ladhu ganna kamakaa dhimaa vejjethaa