ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް އަނިޔާކުރައްވަމުން ގެންދަވަނީ ހަމައެކަނި ކުރީގެ ރައީސް މުޙައްމަދު ނަޝީދާާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެއް ނޫންކަމަށް ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް އަނިޔާކުރައްވަމުން ގެންދަވަނީ ހަމައެކަނި ކުރީގެ ރައީސް މުޙައްމަދު ނަޝީދާާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެއް އިސްނަންގަވައިގެން ނޫންކަމަށެވެ. އަދި އެކަމުގެ ފުރަގަހުގައި ބާރުގަދަ, ނުފޫޒުގަދަ ފަރާތްތަކެއްވާކަމަށް ޢަބްދުއްރަޙީމް ތުހުމަތުކުރެެއްވިއެވެ.
ނަމަވެސް ޢަބްދުއްރަޙީމް ވިދާޅުވީ އެއީ ކޮންބައެއްކަން މި ވަގުތު ހާމަކުރަން ބޭނުންފުޅު ނުވާކަމަށެވެ.
މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުގެ ބާރެއް ނެތްވަރާއި މި ސަރުކާރުގެ ނުފޫޒެއް މި ޤައުމުގެ މައްޗަށް ނެތްވަރު ބައްލަވައިލެއްވި ކޮންމެ ދިމާއަކުން ވެސް ފެނިވަޑައިގަންނަވާ ކަމުގައެވެ.
މި ގޮތުން ޢަބްދުއްރަޙީމް ވަނީ މީގެތެރެއިން މަސްތުގެ ހާލަތުގައި މަގުމައްޗަށް ވެއްްޓިފައި އޮތް އިންޑިއާ މީހާގެ ވާހަކައިން މިސާލު ނަންގަވާފައެވެ.
މިކަން ފާހަގަކުރެއްވުމަށްފަހު ވިދާޅުވީ ރާއްޖޭގެ ކޯޓުތައް ހުރީ ތިމަންނަމެންގެ އަތްދަށުގައޭ އެފަދަ މީހުން ބުނާކަމަށާއި ނަމަވެސް އެއީ ދޮގެއްކަން ހާމަކުރަން ވެސް މި ސަރުކާރަކަށް ނުކެރޭކަމަށެވެ.
މި ގޮތުން ރައީސް ޔާމިނުގެ އިސްތިއުނާފުގެ މައްސަލައިގެ ވާހަކަ ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވަނީ އެ މައްސަލަ ނިމޭނެ ގޮތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.
e ee adhuray yaai qahsaanu dhw