ބޮޑުތިލަދުންމަތިން ފެށިގެން ކޮޅުމަޑުލާއި ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މި ކަން ހާމަކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ބޮޑުތިލަދުންމަތިން ފެށިގެން ކޮޅުމަޑުލާއި ދެމެދުގެ ސަރަހައްދުތަކަށް މިއަދު ހެނދުނު 09:00 އިންފެށިގެން ހަވީރު 15:00 އަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
އެހެންކަމުން އެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެެެއެވެ.
ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.