ބޮލީވުޑް ގެ ގިނަ ތަރިންތަކެއް މިދުވަސްކޮޅު ދަނީ ދަރިއަކު ލިބޭކަމުގެ އުފާވެރި ޙަބަރު މީޑީއާތަކުގައި ކަށަވަރުކޮށްދީފައެވެ. އެގޮތުން ކަރީނާ ކަޕޫރު އަނުޝްކާ ޝަރްމާގެ އިތުރުން ޗަކްދޭ އިން ފެނިގެން ދިޔަތަރި ސާގަރިކާ ވެސް ވަނީ ދަރިއަކު ލިބެން އުޅޭކަމުގެ މައުލޫމާތު ޢާއްމުކޮށްފައެވެ.
އެގޮތުން ވިވާހް އިން ފެނިގެންދިޔަ ތަރި އަމްރިތާ ރާއޯވެސް ބަނޑުބޮޑުކަމުގެ ޔަގީންކަން ބައެއްފަރާތްތަކުން ވަނީ ދީފައެވެ. އަމްރިތާ އަދި އޭނާގެ ފިރިހެނުން އަންމޯލް އާއްމުކޮށްފައިވާ ފޮޓޯ އިން އަމްރިތާ ބަލިވެއިންކަން ސާބިތުވެއެވެ. އަދި މި ފޮޓޯ ނަގާފައިވަނީ ކްލިނިކެއްގެ ބޭރިގައެވެ. މީޑިއާގައި މިކަމާއި ބެހޭގޮތުން ވާހަކަނުދެއްކިޔަސް އެ ދެމަފިރިންނަކީ ވަރަށް ވެސް ހަމަހިމޭން އުފާވެރި ދިރިއުޅެމުން އަންނަ ބައެކެވެ. ޒަވާޖީ ހަޔާތައް 4 އަހަރުވެ އަލަތު ދަރިއަކު ލިބެން އުޅޭކަން މިހާރު އާޢީލާ އަދި ގާތް މީހުންނަށް ވަނީ ކަށަވަރުކޮށްދީފައެވެ.
މޭ ހޫ ނާ ފަދަ މަޝްހުރު ފިލްމުތަކުން އަމްރިތާވަނީ ފެނިގެން ގޮސްފައެވެ. އަމްރިތާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2019 ގައި ނެރުނު ތަކްރޭ ކިޔާ ފިލްމަކުންނެވެ. މި ފިލްމުގައި އަމްރިތާ ފެނިގެން ދިޔައީ ނަވާޒުއްދީން ސިއްދިގީގެ އަންހެނުންގެ ރޯލުންނެވެ.