ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވައްކަމާއި ޚިޔާނާތުގައި ބައިވެރިވެވަޑައިގެން އެކަން ހިންގަވާކަމަށް, ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު މާޖިދު(މެޒޯ މޯޑު) ތުހުމަތުކުރައްވައިފިއެވެ.
މެޒޯ މޯޑު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނުއްވީ ރައީސް ޞާލިޙް ދެއްވާފައިވާ ސިޔާސީ މަޤާމެއްގައި ހުންނަ ބޭފުޅަކާމެދު ވައްކަމާއި ޚިޔާނާތް ހިންގާކަމުގެ ތުހުމަތު އިންތިހާއަށް އަރާއިރު, ކަނޑައެޅިގެން އޭނަ ދިފާޢުކުރައްވައިގެން ހުންނަވަނީ ރައީސް ޞާލިޙް ކުރައްވާކަމެއްކަމަށް ވާތީކަމަށެވެ.
މެޒޯ މޯޑުގެ މި ޓްވީޓާއި ގުޅިގެން ރިޕްލައިކުރައްވަމުން އަލްހާން ވަނީ ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންނެވީ ކޮންބޭފުޅެއްގެ ކޮރަޕްޝަނެއްގައިތޯ ސުވާލުކުރައްވާފައެވެ.
ނަމަވެސް އެއީ ކޮން ޚިޔާނާތެއްކަނެއް ނުވަތަ ކޮން ބޭފުޅެއްކަމެއް މެޒޯ މޯޑު ހާމައެއްނުކުރައްވައެވެ.
ފަހަކަށް އައިސް މެޒޯ މޯޑު ފާހަގަކުރެވިގެންދަނީ ސަރުކާރުގެ ސިޔާސަތުތަކާމެދު ފާޑުކިޔުއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
Kameh kohfa othiyyaa ekameh hingaafa vaa goiy saafu kohdhinumakee v rangalhu kameh. Noo nee bunan nekerey gothah hure meehunge agu
vahtaa lumuge gothun bas bunaa mee hunnakee ekamuga shaamilvaa baeh
ithurahves mashooruvaan baehmeehun beynunvaane thee ekahalakameh dhoguthuhumatheh