އަވަށްޓެރި ސްރީލަންކާއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20،508 އަށް އަރައިފިއެވެ.
ހޯމަ ދުވަހު އެކަނި ވެސް އެ ޤައުމުން 337 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. އެ ޤައުމުގެ 13 ޑިސްޓްރިކްޓަކުން ކޭސްތައް ރިޕޯޓްކޮށްފައި ވެއެވެ.
އެގޭ ތެރެއިން އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ އެންމެ އާބާދީ ބޮޑު ކޮލޮމްބޯ ޑިސްޓްރިކްޓުންނެވެ. ކޮލޮމްބޯ ޑިސްޓްރިކްޓުން ވަނީ 121 މީހަކު ޕޮޒިޓިވް ވެފައެވެ.
2 ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގަމްޕަހަ ޑިސްޓްރިކްޓުން ޕޮޒިޓިވްވީ 112 މީހުންނެވެ.
ކޯވިޑް-19 ބަލި ޖެހިގެން މިހާތަބަށް ލަންކާއިން 90 މީހުން މަރުވެފައިވެއެވެ.
ބަލި ޖެހުން މީހުނު މީހުންގެ ތެރެއިން 14،497 މީހުން މިހާތަނަށް ވަނީ ބަލިން ފަސޭހަވެފައެވެ.