ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ވާހަކަދައްކަވާއިރު ކީރިތި ޤުރުއާނުގެ އާޔަތްތަކާއި އާޔަތްތަކުގެ މާނަ ވިދާޅުނުވުމަށް މަޖިލީހުގެ ރައީސް ނަޝީދު އެންގެވުމުން ޤާނޫނީ ވަކީލު މުޙައްމަދު ޝަހީދު، ނަޝީދަށް ވަރުގަދަ އިންޒާރަކުން އިންޒާރުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަނީ ކީރިތި ޤުރުއާނުގެ އާޔަތަކާއި މާނަ ވިދާޅުވެފައެވެ.
ނަމަވެސް އެ އާޔަތް ފުރިހަމަނުކުރެއްވެނީސް ރައީސް ނަޝީދު ވަނީ އެކަން ހުއްޓުވާފައެވެ. އަދި ”އަޅުގަނޑު ޤުރުއާން ހިތުދަހެއް ނޫން“ ކަމަށާއި އެހެންކަމުން އެ ގޮތަށް ވާހަކަދެއްކެވުމުން އުނދަގޫފުޅުވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި ގޮތުން ރައީސް ނަޝީދަށް ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ވަކީލު ޝަހީދު ވިދާޅުވީ ކީރިތި ޤުރުއާނުގެ އަޑު އިވުމުން މުއުމިނުންގެ ހިތްތަކަށް ފިނިކަން ލިބިގެންދާ ކަމަށެވެ.
ނަމަވެސް ލާދީނީ މުނާފިޤުންނަށް ކީރިތި ޤުރުއާނުގެ އާޔަތްތައް އަޑުއިވުމުން އަންނަ ރުޅި މިހާރު ހާމަވެއްޖެކަމަށް ވެސް ޝަހީދު ވިދާޅުވިއެވެ.
”މިހިރަ ބޮޑާ އިންސާނާއެވެ. ޤިޔާމަތް ދުވަހުގައި ތިޔަ މަޤާމާއި ޖާހަކުން ކުރެވޭނެ ކަމެއް ނޯންނާނެއެވެ.“ ވަކީލު ޝަހީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ވަކީލު ޝަހީދު މިހެން ވިދާޅުވެފައިވާއިރު، ޢަލީ ރަމީޒު ވަނީ ކީރިތި ޤުރުއާން އަޑުއިވުމުން އުނދަގޫވާނީ ޝައިޠާނުންނަށްކަމަށް ވިދާޅުވެފައެވެ.
bodu kaafaru kaleyge anni
dheenah furahsaarakurumaa
masthuvaathakehchahveshihvarudhey meeheh ganja naseed akee bodaa ekanyeh noon