ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 52 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 45 މީހުންނާއެކު ޖުމްލަ 52 މީހުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ޕޮޒިޓިވްވެފައިވާކަމަށެވެ.
އޭގެ އިތުރުން ދެން ޕޮޒިޓިވްވެފައިވަނީ ރިސޯޓުން ޕޮޒިޓިވްވި 07 މީހުންނެވެ.
މިގޮތުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 12810 އަށް އަރާފައެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި ކޮވިޑު ޖެހުނު މީހުންގެތެރެއިން އިތުރު 45 މީހުން ރަނގަޅުވެ, މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު 11660 އަށް ވަނީ އިތުރުވެފައެވެ.
އެ ގޮތުން މިހާރު ފަރުވާދެމުން އަންނަނީ ޖުމްލަ 1092 މީހުންނަށްކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އޭގެތެރެއިން 95 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް ޖުމްލަ 45 މީހަކު ވަނީ ނިޔާވެފައެވެ.