އެމްޑީޕީ ވުޖޫދުން ފުހެލަން ޖަމްޢިއްޔަތުއް ސަލަފުން ސިޔާސީ ޕާޓީ ހަދަންވީނޫންތޯ ވިދާޅުވެ އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު، ސަލަފަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.
އެމްޑީޕީއަށް ތާއީދުކުރައްވާ ޝައިޚް ޙުސައިން ރަޝީދު މިހެން ވިދާޅުވެފައިވަނީ ޖަމްޢިއްޔަތުއް ސަލަފުން ސިޔާސީ ޕާޓީއެއް ހަދައިފިނަމަ އެމްޑީޕީ ވުޖޫދުން ފޮހެވިގެންދާނެކަމަށް ވިދާޅުވެ ސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޖުތަބާ ޙަމީދު ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް(ދޮންބިލެތް ހަލީމް) އަށް ހޫނު ރައްދެއް ދެއްވުމާއި ގުޅިގެންނެވެ.
ޝައިޚް މުޖުތަބާގެ ރައްދު ދޮންބިލެތް ހަލީމަށް އަމާޒުކުރައްވާފައިވަނީ ޖަމްޢިއްޔަތުއް ސަލަފަށް ނިސްބަތްކޮށް ސިޔާސީ ޕާޓީއެއް ހެދިއްޔާ މާ ރަނގަޅުވާނެކަމަށާއި ޕާޓީއެއް ނަހައްދަވާ ވަގަށް ތިބެގެން، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ވާދަވެރި ފަރާތްތައް ލައްވާ ހޯމް މިނިސްޓަރު އިމްރާންގެ މައްސަލަ މަޖިލީހަށް ވައްދާފައިވާކަމަށް ދޮންބިލެތް ހަލީމް ވިދާޅުވުމާއި ގުޅިގެންނެވެ.
ޝައިޚް މުޖުތަބާ ދެއްވި ރައްދުގައި ވަނީ ޖަމްޢިއްޔަތުއް ސަލަފުން ސިޔާސީ ޕާޓީއެއް ހަދައިފިނަމަ އެމްޑީޕީ ވުޖޫދުން ފޮހެވިގެންދާނެކަމަށާއި ދިވެހި އުދަރެހުން އެމްޑީޕީގެ ވަސް ފިލައިގެންދާނެކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ އެކަމުގެ ބިރު އެމްޑީޕީއަށް އޮންނާނެކަމަށް ޔަޤީންކުރައްވާކަމަށް ވެސް ޝައިޚު މުޖުތަބާ ވަނީ ވިދާޅުވެފައެވެ.
ޝައިޚް މުޖުތަބާގެ މި ވާހަކަތަކާއި ގުޅިގެން ޝައިޚް ޙުސައިން ރަޝީދު ވިދާޅުވީ ”ވަރަށް ރަނގަޅު“ ކަމަށާއި، އެމްޑީޕީ ވުޖޫދުން ފުހެލަން ޖަމްޢިއްޔަތުއް ސަލަފުން ސިޔާސީ ޕާޓީ ހަދަންވީނޫންތޯ ސުވާލުކުރައްވާފައެވެ.
މީގެ އިތުރުން ޝައިޚް ޙުސައިން ރަޝީދު ވިދާޅުވީ ”ވަރަށް ރަނގަޅުކަމެއް“ ކަމަށާއި އޭރުން ހަމަ ގައިމު ވެސް ސަލަފަށް ސައިޒު އެނގޭނެކަމަށެވެ.
”ވަރަށް ރަނގަޅު. އެމްޑީޕީ ފުހެލަން ސަލަފު ޕާޓީ ހަދަންވީނު. ވަރަށް ރަނގަޅުކަމެއް. އޭރުން ހަމަ ގައިމު ސައިޒު އެނގޭނެތާ!“ (ޝައިޚް ޙުސައިން ރަޝީދު)
ތިޔައީ ޝެއިޚެއް ނޫން. ތީ ޕާރޓީ ހައްޕުނޑެއް. ޔަހޫދީ ބަޚްލޫލެއް.
ދީނާ ދެކޮޅު މީހުން ނެރޭ ރިޕޯޓަކަށް އެއްޗެއް ބުނެލަން ނުކެރުނީމަ ސައިޒް ވަރަށް ސާފު އިނގޭތޯ ތި އޮއްޓަރެއް ހުރި މީހެއް ނޫން ފަހަރުގަ ލާދީނީ މީޙުން އތްޖަހާާނެ
Dheboa Geri seyh mee
މީ ބޮޑުވެގެންވާ މުނާފިގެއް. ޔަހޫދީ ދައްޖާލެއް. ފަހުޒަމާނުގަ ނިކުންނަ ފައްޖާލު، ބިމު ދާއްބަ. ސޭކެއް