ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް, ގދ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭ ބުނީ ގދ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށް މިރޭ 21:30 އިން ފެށިގެން މެންދަމު 2:30 އާއި ހަމައަށް ހުދު ސަމާލު ނެރެފައިވާކަމަށެވެ.
މި ގޮތުން އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެސް ވެއެވެ.
ގދ.އަތޮޅުން ތިގޮތަށް އައްޑު ސިޓީއަށް ހުދު ސަމާލު ނެރެނީ އެމީހުން ދެކެ ރުޅި އައިސްގެންތަ?