މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ތެރޭގައި ހިނގާފައިވާ 8 މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއްގެ ވާހަކަ އެ ކުންފުނީގެ ޗެއަރމަން ނަޒާކީ ޒަކީ ހާމަކުރައްވައިިފިއެވެ.
މިކަން ހާމަކުރައްވައި އެމްޕީއެލްގެ ޗެއަރމަން ޒަކީ މިއަދު ޓްވިޓަރގައި ވިދާޅުވީ އެމްޕީއެލްއިން 08 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާއި އެއްގޮތަށް ސަސްޕެންޑް ކުރެއްވުނީތީ ވަރަށް ބޮޑަށް މަޢާފަށް އެދިވަޑައިގަންނަވާކަމަށެވެ. ޒަކީ ވިދާޅުވިގޮތުގައި ލޮކްޑައުންގެތެރޭގައި ކުރި ވައްކަމުގެ ތުހުމަތުގައި މުވައްޒަފުން ސަސްޕެންޑްކުރުމަށް އެމްޕީއެލް ބޯޑުގެ 03 މެންބަރުން ވޯޓުދެއްވިކަމަށެވެ.
ނަމަވެސް 04 މެންބަރަކު ނުފެންނަކަމަށް ވޯޓުދެއްވިކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.
މީގެ އިތުރުން ޒަކީ ވިދާޅުވީ މި ބޮޑު ވައްކަމުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވިކަމަށެވެ.
ޒަކީ މިހެން ވިދާޅުވުމުން އެ ކުންފުނީގެ ބައެއް އެޗްއޯޑީން ބުނުއްވީ ތަޙްޤީޤުކޮށް ނުނިމެނީސް ގޮތް ނިންމަވައި އެކަން ޢާންމުކުރެއްވުމަކީ ދައުލަތުގެ ކުންފުންޏެއްގެ ޗެއަރމަންގެ އަޚްލާޤާއި ވިސްނުމެއް ނެތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ޒަކީ ވިދާޅުވީ މި ވައްކަމަކީ ތެލާއި ގުޅިފައިވާ ވައްކަމެއްކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލްގެ ދެ ޑިޕާޓްމަންޓެއްގެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާއިރު އޭގެތެރެއިން ބައެެއް މުވައްޒަފުންވަނީ އަނބުރާ މަސައްކަތަށް ނެރެފައެވެ.