ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 35 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.
މި އެންމެންނަކީ ވެސް ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންނެވެ.
އެޗްޕީއޭއިން މިރޭ ބުނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހުންނާއެކު ޖުމްލަ 44 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.
އެހެންކަމުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ 12889 އަށް އަރާފައެވެ.
މީގެ އިތުރުން ކޮވިޑު ޖެހުނު މީހުންގެތެރެއިން އިތުރު 36 މީހުން ރަނގަޅުވެފައިވެފައިވާއިރު, މިހާތަނަށް ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11717 އަށް އިތުރުވެފައެވެ. އަދި ފަރުވާދެމުން އަންނަ ބަލި މީހުންގެ ޢަދަދު ޖުމްލަ 1119 އަށް އަރާއިރު, 95 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.
ރާއްޖެއިން މިހާތަނަށް 12889 މީހުން ޕޮޒިޓިވްވެފައިވާއިރު, ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް ޖުމްލަ 46 މީހަކު ނިޔާވެފައިވެއެވެ.