DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ލޯބިވެރިޔާގެ ދުލުން: އެކްސިޑެންޓްވީ ނަޒޫއާއި މީހަކު ފޮށޭތީ ފަހަތަށް ބަލައިލި ހިނދު!

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
ނޮވެމްބަރ 29, 2020
ޚަބަރު
0
ލޯބިވެރިޔާގެ ދުލުން: އެކްސިޑެންޓްވީ ނަޒޫއާއި މީހަކު ފޮށޭތީ ފަހަތަށް ބަލައިލި ހިނދު!

ޢާއިޝަތު ނަޒްރާ(ނަޒޫ). ފޮޓޯ: ސޯޝަލް މީޑިއާ

އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ޢާއިޝަތު ނަޒްރާ(ނަޒޫ) އިން ސައިކަލް އެކްސިޑެންޓްވީ މީހަކު ފޮށުމުން އެނބުރި ފަހަތަށް ބަލައިލި ހިނދުކަމަށް ނަޒޫގެ ލޯބިވެރިޔާ ބުނެފިއެވެ.

ADVERTISEMENT

މި މަހުގެ 27 ވަނަ ދުވަހުގެރޭ ހިނގި މި އެކްސިޑެންޓްވީ ބާރަށް ދުއްވާފައިދަނިކޮށް ނޫންކަމަށް، ނަޒޫއާއެކު ދެ އަހަރު ހޭދަކުރި ލޯބިވެރިޔާ އާޒިފް ޢަބްދުލްޙަކީމާއި ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވާފައި ދަނިކޮށް އެތަނުގައި ހުރި މީހަކު ނަޒޫއާއި ފޮށުނީމަ ފަހަތަށް ބަލަން ހަދައިގެން ދަރުމަވަންތަ ހޮސްޕިޓަލު ކުރިމަތިން ޕޭމަންޓުގައި ޖެހި ކަހައިލުމުގެ ސަބަބުންކަމަށް އާޒިފް މިހާރަށް ކިޔައިދީފައިވެއެވެ.

އެހެންނަމަވެސް ފުލުހުން ބުނީ އެކްސިޑެންޓުވީ ބާރު ސްޕީޑްގައި އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ބޮޑުތަކުރުފާނުމަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައިގެން ކަމަށެވެ.

ސައިކަލް ވެއްޓުމާއެކު ތެދުވެ ބަލައިލިއިރު ނަޒޫ އޮތީ މަގުގެ މޫދާވީކޮޅުގައި ކަސްރަތަށް ހަދާފައި އޮތް ޓްރެކްމަތީގައި ކަމަށާއި, އެ ވަގުތު ނަޒޫގެ ނޭފަތުންނާއި ކަންފަތުން ލޭ އަންނަކަމަށް ވެސް އާޒިފް ބުނެފައިވާކަމަށް މިހާރުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ތަނުން ނަޒޫ ނަގަން އެހީތެރިވެދިނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޕޮލިސް ޕޯސްޓުގައި އިން އަންހެން ފުލުހެއްކަމަށާއި، ބިންމަތިން ނެގިއިރު އަނގައިންލޭ އަންނަކަމަށާއި، އޭރު ހޭހުރިކަމަށް ވެސް އާޒިފް ބުނެފައިވެއެވެ.

އެކްސިޑެންޓްގައި ސިކުނޑިއަށް ލިބުނު ގެއްލުން ބޮޑުކަމުން އައިޖީއެމްއެޗުގައި ފަރުވާދެވެން ނެތުމާއެކު ނަޒޫ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. މި ގޮތުން ނަޒޫ ނިޔާވެފައިވަނީ މިއަދު ފަތިހު އޭޑީކޭ ހޮސްޕިޓަލުގައެވެ. ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް ނަޒޫ ނިޔާވީ ހިތްހުއްޓިގެންކަމަށް އޭނާގެ ޢާއިލާއިން ވަނީ ބުނެފައެވެ.

ޓިކްޓޮކްގައި މަޝްހޫރު ފަންނާނެއްކަމަށްވާ ނަޒޫއަށް ޓިކްޓޮކްގައި ފޮލޯކުރާ މީހުންގެ ޢަދަދު 17000 އަށް އަރާއިރު، ނަޒްރާގެ ބައެއް ވީޑިއޯތައް ބަލާފައިވާ މީހުންގެ ޢަދަދު ލައްކައާއި ގާތަށް އަރައެވެ. ނަޒޫ ނިޔާވުމާއެކު މީސްމީޑިއާގެ އެކި މަންސަތަކުގައި އޭނާގެ ފޭނުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޙުކުމް ލަސްކުރިޔަސް، ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ޙުކުމަކަށް އުންމީދުކުރައްވަން: ޣައްސާން

ދާއިރާގެ ޚާދިމަކަށްވުމީ ލިބިވަޑައިގެންނެވި ފަޚުރެއް: ޣައްސާން

ޖެނުއަރީ 19, 2021
ފެބްރުއަރީ މަހުން ފެށިގެން އޮންލައިންކޮށް ބްރޯކަރުން ޢައްޔަން ކުރެވޭނެ- ކަސްޓަމްސް

ފެބްރުއަރީ މަހުން ފެށިގެން އޮންލައިންކޮށް ބްރޯކަރުން ޢައްޔަން ކުރެވޭނެ- ކަސްޓަމްސް

ޖެނުއަރީ 19, 2021
ދެ މައްސަލައަކާއި ގުޅިގެން އެންވަޔަރަމަންޓަލް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އިދާރާތަކާ ބައްދަލުކުރަނީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަވެސް އިންތިޚާބު ބޭއްވޭގޮތަށް ބިލު ފާސްކޮށްފި

ޖެނުއަރީ 19, 2021
ފުވައްމުލަކުން ގެއްލުނު ކުއްޖާ ނިޔާވެއްޖެ

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ 700 ފްލެޓް ހިމެނޭ ސަރަހައްދުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަންގައި ރޯވެއްޖެ

ޖެނުއަރީ 19, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ހަރުކަށި ފިޔަވަޅުއަޅައި ކޯވީޑް-19 ކޮންޓުރޯލް ކުރުމަށް މަޢުމޫން ގޮވާލައްވައިފި

    ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0
  • ކޫއްޑޫގައި ފުޓްބޯޅަ ކުޅެން ހުރި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ވާރިސުން ތިބިއިރު ބަލާނެ މީހަކު ނުވި، އެންމެފަހުން ދައުލަތުން އަލިފުތާއި ހަވާލުވެއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In