ވަރަށް މުހިންމު ބޭނުމެއްގައިނޫނީ ސުޓެރޮއިޑް ހިމެނޭ ބޭހެއް ލޮލަށް އަޅަން ހެޔޮނުވާނެކަމަށާއި، އޭގެ ސަބަބުން ލޯ ހަލާކުވެ ފެނުން ގެއްލިދާނެކަމަށާއި އެ ބޭސްތައް ޑޮކްޓަރު ލިޔެދެއްވިޔަސް ލޮލަށް ނޭޅުމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދު ފައިޞަލް ވިދާޅުވެއްޖެއެވެ.
ޑޮކްޓަރު ލިޔެދެއްވިޔަސް ސުޓެރޮއިޑް ހިމެނޭ ބޭސް ލޮލަށް ނޭޅުމަށް ޑރ.ފައިޞަލް އިލްތިމާސް ކުރައްވާފައިވަނީ، ސުޓެރޮއިޑް ހިމެނޭ ބޭސް އެތެރެކޮށް ވިއްކަނީ ކީއްވެތޯ މީހަކު ސުވާލުކުރުމުންނެވެ.
މީގެ އިތުރުން އެ މީހާ ވަނީ އާސަންދަ ޕްރިސްކްރިޕްޝަންއިން ވެސް އެ ބޭސް ލިބޭކަމަށާއި މާނައަކީ ސަރުކާރުން އެންޑޯޒްކޮށްފައި އޮތްކަމަށެވެ.

މި ގޮތުން ޑރ.ފައިސަލް ވަނީ އެފަދަ ބޭސްތައް ޑރ. ލިޔެދިނަސް ލޮލަށް ނޭޅުމަށް އިލްތިމާސްކޮށްފައެވެ.
”މީއްޗެހި ޑރ ލިޔެ ދިނަސް ލޮލަށް ނުއަޅާށޭ
މިއޮތީ ފޮޓޯއާ އެއްކޮށް، ނަންތައް ދަސްކުރޭ!
ޓޮބްރެކްސް ގިނައިން ލިޔެދޭނީ (އެއީ އެންޓިބައޮޓިކް އެކަނި) ޓޮބްރަޑެކްސް އެއީ ސުޓެރޮއިޑާއި އެއްކޮށްފައ ހުންނަ ބޭސް (މީތި ނުރައްކަލީ) : “(ޑރ.ފައިސަލް)
އެހާ ގެއްލުންލިބޭ ބޭހެއް ކީއްވެބާ ޑޮކްޓަރުން ލިޔެދެނީ؟ އެކަން އެނގިހުރެ ލިޔެދޭކަށް ނުވާނެދޯ😫😫
Mibeys etherekurun huttviyyaa maa ran’galhu vaane noonthoa.?