ވޭތުވެދިޔަ ދެ އަހަރު ދުވަހުގެތެރޭގައި ސަރުކާރަށް ކުރެވިފައިވާ މަސައްކަތްތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު، ރައީސްއަށް ވަރުގަދަ ސުވާލެއް އަމާޒުކުރައްވައިފިއެވެ.
އިންޑިއާގެ ”ދަ ހިންދޫ“ އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޞާލިޙް ވަނީ ވޭތުވެދިޔަ ދެ އަހަރުގައި ސިޔާސަތުގެ ހުރިހައި ދާއިރާތަކަކުން ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށެވެ.
މި ގޮތުން ފުރަތަމަ ޑިގްރީއާއި ހަމައަށް ތަޢުލީމު ހިލޭ ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރެވި ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތައް ތަރައްޤީކުރެވި ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނެސް، ޤާނޫނީ ގޮތުން ރަށްރަށުގެ ރައްޔިތުންނަށް އެބާރު ލިބިދީފައިވާ ކަމަށާއި، އިޖްތިމާޢީ ނިޒާމުގެތެރެއިން ނަފްސާނީ ދުޅަހެޔޮކަމުގެ މަސައްކަތްތައް ފައްކާކުރެވިފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ ކުރިން ހުރި އަނިޔާވެރި ޤާނޫނުތައް އުވާލައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޢަބުރު ހިމާޔަތްކުރުމުގެ ޤާނޫނު އުވައިލާފައިވާ ކަމަށާއި،ތަޢުލީމާއި ބެހޭ އާ ޤާނޫނެއް ވުޖޫދު ކުރެވިފައިވާ ކަމަށާއި، ދެ ޖިންސްގެ ހަމަހަމަކަން ޤާއިމްކުރުމަށްް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ޚާއްސަކުރެވިފައިވާކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި މިކަންކަމާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ މި ވާހަކައާއި ގުޅިގެން ހީނާ ވިދާޅުވީ ފާއިތުވި ދެ އަހަރުގައި އެތައް ޢާއިލާއެއް ބިކަވެ ނިކަމެތިވެއްޖެ ކަމަށާއި އެތައް ޒުވާނުންގެ ވަޒީފާ ގެއްލިއްޖެ ކަމަށާއި، އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށެއް ނުދެވުނު ކަމަށެވެ.
”މި ދެ އަހަރު، އެތައް ޢާއިލާއެއް ބިކަވެ ނިކަމެތިވެއްޖެ. އެތައް ޒުވާނުންގެ ވަޒީފާ ގެއްލިއްޖެ. އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށެއް ނުދެވުނު. ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށް މާލިއްޔަތު ހުސްކޮށްފި. ރޯޔަލްސް އަކަށް ޒީރޯ ޓޮލަރެންސްއެއް ނެތް. ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ޝިކާރައަކަށްވީ މީހުންނަށް އެއްވެސް އިންސާފެއް ނުލިބުނު. ނޫ އިޤްތިޞާދުގެ ނާރެހަކީ ރައްޔިތުން ޖޫރިމަނާކުރުން. މަސްވެރިން ނިކަމެތިކޮށްފި. ފަނޑިޔާރުގޭގަ ސަރުކާރުގެ ހަތަރެސްފައި.“ ހީނާ ވިދާޅުވިއެވެ.
މިކަންކަން ފާހަގަކުރައްވައި ހީނާ ވަނީ ”މި ކަންކަމަށް ވެސް މަނިކުފާނު ފަޚުރުވެރިވޭތޯ“ ވިދާޅުވެ ރައީސް ޞާލިޙާއި ސުވާލުކުރައްވާފައެވެ.
Heenaa men fadha beykanbalunnakee vaki maqusadhegga nikumegenn ulhey baeh. Iyye ekamnaa govee Raajjeyge boarder banndhu nukoggenn evaahaka. Miadhu evidhaalhuvanee boarder banndhu kurumunn qaumu ge haalathu dhavvi vaahaka. Keekeythoa mi kiyanee. Maqaamu thakuge beynumuga qaumee loaibeh nethi angafulhaa kuravvaa beykanbaleh eii. Happundu.
Mi iburaahim mohammadu soalihakee haadhanulafaa meehekey eheree hadhaadhogu
Heena ah covid 19mulhidhuniye ah aikan ihusaasveytho? Kongaumakah tho dhathi ihusaas nuvanee. Rajje dhuniyeyge ehengaumuthakaa thafaathukan neygeneebaa? Dhaulathah aamdhanee liben oiygoiy bandhuve ehenas rayyithun badahnujehi dhaulathuge muazzafunge musaara kudanuve gaumu mihisaabah dhathuru kohffaivaakan neygeneebaa. Heena ge firi meehaaves huree dhaulathuge namugai hingaa TVM ga kanves hadhaan ebahuribaa. Vazeefaain vakives nukurey. Aga fulhaa kurevidhaane. Visnanvee gaumaai dheythere party aai dheythere eh noon. Hulhumale in flateh libifahureema dhen mihenbaa ulhenvee.
ސާބަސް ހީނާ
އަށްސަރިބަހާއިއެކު ހީނާއަށް ހަމަސާބަސް ސަރުކާރަށް ރައްދުދެއްވާތީ އެގަންޖާ 19ގެ ސަރުކާރުން 02 އަހަރުތެރޭގައި ކުރެވުނުހާވެސް ކަމަކީ ދިވެހިރާއްޖޭގެ ހުރިހާރައްޔިތުން ގޭބަންދުގައި ބައިތިއްބާފައި ޤައުމުގެ ޚަޒާނާ އެއްކޮށް ދޮވެސާފްކޮށްލައިދީފި ވަރައްސާފް އިނގޭތޯ
KONTAAKU HURI TVM EHQA HEENAAQE FIRINMEEHAA HUREE
NUHUHNAANEHEENAAQE FIRIMEEHAA MI VAQASARUKAARUQE VAZEEFAAEGQA