01 ގަޑިއިރާާއި 30 މިނެޓް ވަންދެން ޕްލޭންކް ޖައްސައިގެން ދުނިޔޭގެ ޖޫނިއަރ ޕްލޭންކް ރެކޯޑު މުގުރައިލި ދިވެހި ކުއްޖާ އަނެއްކާ ވެސް އެންމެން ހައިރާންކޮށްލައިފިއެވެ.
އިމާދުއްދީން ސްކޫލުގެ ގްރޭޑް 02 ގައި ކިޔަވަމުން އަންނަ ޢުމުރުން08 އަހަރުގެ މުލްހަމް އާޒިމް މި ފަހަރު އެންމެން ހައިރާންކޮށްލީ 02 ގަޑިއިރަށް ޕްލޭންކް ޖައްސައި އަމިއްލަ ރެކޯޑް މުގުރައިލުމަށްފަހުއެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްޓްރީ އަޙްމަދު މަރުޒޫގު ވިދާޅުވީ މުލްހަމްއަކީ މުޅިން އެހެން ޕްލެނެޓެއްގެ ކުއްޖެއް ކަމަށެވެ.
02 ގަޑިއިރަށް ޕްލޭންކް ޖައްސައި އެންމެން ހައިރާންކޮށްލާފައިވާއިރު، މީގެ ކުރިން މުލްހަމް މުގުރައިލީ ޖޫނިއާރ ވޯލްޑް ރެކޯޑް އޮފް ޕްލޭންއެވެ.