ތިރީސް އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޓްވިޓާރގައި މިރޭ ކުރެއްވި ސުވާލަކަށް އެތައް ބަޔަކު ޖަވާބުދެމުން އެބަދެއެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ”އަޅުގަނޑަށް އެހީވެވޭނީ ކިހިނެއްތޯ“ ސުވާލުކުރައްވާފައެވެ. ނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.
ރައީސް މައުމޫން ކުރެއްވި މި ސުވާލުގެ މަފްހޫމަކީ ކޮބައިކަން ސާފުނުވި ނަމަވެސް ގިނަބަޔަކު އަންނަނީ އެ ސުވާލަށް އެކިކަހަލަ ޖަވާބުދީ އެހީތެރިކަމަށް އެދެމުންނެވެ.
މި ގޮތުން ބައެއް މީހުން ވަނީ ސިޔާސީ ދާއިރާ ދޫކުރައްވައި ލިބިވަޑައިގެންފައިވާ ޢިލްމު ދިވެހި ޒުވާނުންނަށް ފޯރުކޮށްދިނުމަށެވެ.
އަނެއްބަޔަކު ބުނެފައިވަނީ ރައީސް މައުމޫނަށް އެހީތެރިވެވަޑައިގެންނެވެން އޮތް ގޮތަކީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި މަޢާފަށް އެދިވަޑައިގަތުން ކަމަށެވެ.
މީގެ އިތުރުން ދީނީ ފޮތްތަކާއި އެހެނިހެން ކަންކަމާއި ގުޅޭގޮތުން ފޮތް ލިޔުއްވުމަށް ވެސް ބައެއް މީހުން އެދިފައިވެއެވެ.
”މަނިއްޕުޅު އަރިހުން އިހުތިރާމާއި ލޯތްބާއެކު މި އެދެނީ އަންނަން އޮތް ޖީލުތަކަށް ފެންނާނެހެން ނޮވެންބަރު 3 ގެ އަސްލު ހަޤީޤީ ވާހަކަ ފޮތެއްގެ ސިފައިގައި ނެރެދެއްވުމަށް. ޝުކްރަން“ މީހަކު އެދިފައިވެއެވެ.
އޭގެ އިތުރުން މީހަކު ވަނީ ރައީސް މައުމޫން ނެތް ދުވަހަކުން ދިވެހި ރައްޔިތުންނަށް ދީނުގެ ރަނގަޅު އަޤީދާގައި ހިފަހައްޓައިގެން ތިބެވޭނެފަދަ ރަނގަޅު މަޢުލޫމާތު އެކުލެވޭ ފޮތެއް ނުވަތަ ފޮތްތަކެއް ލިޔުއްވައި ޢާންމުކޮށްދެއްވުމަށް އެދިފައެވެ.
މީގެ އިތުރުން ބައެއް މީހުން ވަނީ ފައިސާގެ އެހީއަށް ވެސް އެދިފައެވެ.
ރައީސްމައުމޫނު ވެރިކަމުންވަކިވެ ވަޑައިގަތުމުގެކުރިން އެދިވަޑައިގަތް މަޢާފަކީ އެމަނިކުފާނުވެރިކަމުގައި ރައްޔިތުނައް ކުރެއްވިއަނިޔާގެތަކުގެ ހައްގު. އޭގެފަހުން ވެރިކަންބޭނުން ވެގެން ކުރެއްވިމަސައްކަތްޕުޅުން ގައުމުގެ މިނިވަންކަމަށާއި އިސްތިގުލާލައް ކޮއްމެދުވަހަކުދަނީގެއްލެމުން ސައްތައިންސައްތަ މުސްލިމުގައުމެއްގެ ގޮތުގައި އޮތް މިލޮބުވެތިގައުމުގެ ސައްތަ މުސްލިމުން އޮތީ ބިރުވެރިކަމެއްގައި ރައްޔިތުންދަނބޜރުގެ އަޅުވެތިކަމައްހުށަހެޅިފައި މިކަންކަމައް އެމަނިކުފާނު ރައްޔިތުންގެކިބައިން މަޢާފައް އެދިވަޑައިގައްނަވަން ޖެހޭ. ބަޔަކުމީހުންގަބޫލުކުރިޔަސްނިކުރިޔަސް މިގައުމު މިހާލަތައްވެއްޓީ އެހެންއެއްވެސްޕާޓީއަކުން ޖަމާޢާތަކުން ނުވަތައެއްވެސްމީހެއްވެސްނޫން ސީދާ ރައީސްމައުމޫނު
Quran tharujamaa akee hujjathah nuvi gothehge ithurah thafuseel beynunvey.Anhenun burugaa alhan nujehey kamah wakaalaathu kuravvanee kon hujjathah ge mahchah kan saafu koh dhevvaa.
Raees Maumoon ge ilhmee khidhumaiy thakaai liuvvaafaivaa foiy thakuge adhadhaa eyge muhimmu kan ingeynee foiy thah kiyaa meehakah migothun faahaga kihalan emme beynumee Maumoon liuvvi fotheh kamugavaa GAVAAIDHUL FIGUHU mee ilmee khazaanaa eh mifadha foiy thah balaalan beynun vaanama Kulliyyaage foiy harugandah ballavaa lavvaa
އަދުރޭ މައުމޫނު އެވިދާޅުވި އެއްޗެއްގެ މާނަ އެނގޭތަ? ފާތުމަ ކުރެން އަހާބަލަ މިހިރަ ގަމާރު އަދުރޭ.
މައުމޫނަށް ބަވާލަދީ.
ޔާމީނަން އެހީ އެއް ވެވޭ ކަން ނެތޭ އެބުނުއްވީ
Novembe 3aa behey fothe nerefa noon tha othee
ރައީސްމައުމޫނު ރައީސްކަމުގެ މަޤާމުން ވަކިވެވަޑައި ގަތުމުގެކުރިންވަނީ ދިވެހިރަޢްޔިތުންގެ ފަރާތުން ދީލަތި މައާފް އަކަށްއެދިވަޑައިގެންފަ ދެންއިތުރަށް މައާފް އެދޭކަށް ނުޖެހޭނެނޫންތޯ ވަރަށްސާފް އެހެންނޫންތޯ؟
ރައީސް މައުމޫނު ވެރިކަމުން ބައިބާވަޑައިގެން އެދިވަޑައިގަތީ ވެރިކަމުގައި ރައްޔިތުންނަށްކުރެއްވިއަނިޔާއައް މާފުދިނުމައް.
އޭގެފަހުންވެރިކަންބޭނުންފުޅުވެގެން ކުރެއްވި ދަށުދަރަޖާގެ މަސައްކަތްޕުޅުގެސަބަބުބުންދިވެހިންކޮއްމެދުވަހަކު ތަހައްމަލް ކުރަމުންދާ ހިތްދަތިކަމާއި ގައުގެ މިނިވަންކަމާއިސްތިގުލާލު ފުނޑުފުނޑު ވެފައިވާތީ އާއި ރައްޔިތުންގެ ދީނީޢަގީދާ ބަލިކަށިވެ މިގައުމުގެ ސައްތައިންސައްތަ މުސްލިމުކަންގެއްލިދާތީ މިހުރިހާކަމަކައް މަޢާފައް އެދިވަޑައިގައްނަވަންޖެހޭ
Bala kaleymennakah nenygeytha raeess maumoonu raeeskamuge magaamun vakive vadaigathumuge kurinvanee dhivehi rahyyithunge faraathun dheelathi ma aafuakah edhi vadaigenfaa miulhey meehunnah haadha neygeydhoa