ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އޮފީސް ފަޅާލައި އެ އޮފީހުން ވައްކަންކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ މީރާާގެ އޮފީސް ފަޅާލައި އެ ތަނުން ވައްކަންކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 08:00 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެހެންކަމުން އެކަމާއި ގުޅޭ އިތުރު މަޢުލޫމާތެެއް އަދި ހިއްސާާއެއް ނުކުރައްވައެެވެ.
މި ގޮތުން މީރާގެ އޮފީހުން ނަގާފައިވަނީ ކޮން އެއްޗެއްކަމެއް އަދި ސާފެއްނުވެއެވެ.