އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ “އޯޝަން ޑިވައިން މޯލްޑިވްސް“ ކިޔާ ސަފާރީގެ އިންޖީނު ރޫމްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ފަޔަރ ލޯންޗު މިހާރު މާފުށްޓަށް ދަތުރުކުރަމުންދާ ކަމަށެވެ.
ސަފާރީގައި ތިބި މީހުން އެހެން ލޯންޗަކަށް ނަގާފައިވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ސަފާރީން ދުންއަރާތަން ނުފެންނަކަމަށް ޢާންމު ރައްޔިތަކު އެމްއެންޑީއެފަަށް ގުޅައި މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ.