ބުރާސްފަތި, މާރޗް 4, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
ޖެނުއަރީ 18, 2021
ޚަބަރު, ފީޗަރ
2
ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

”ހައްވައްތަގެ ދިރިއުޅުމުގެ ހާލަތަށް ކުރިން ލިބުނު ޕޮއިންޓު މަދުކޮށް، ހައްވައްތައަށް ލިބިފައިވާ ފްލެޓުން މަޙްރޫމް ތިޔަ ކުރެއްވީ ކޮން ހަމަޔަކުންތޯ“ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ސުވާލުކުރައްވައިިފިއެވެ.

ADVERTISEMENT

ޑރ.މުޢިއްޒު މި ސުވާލުކުރައްވާފައި މިވަނީ ބޯހިޔާވަހިކަމުގެ ޙައްޤު ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއެއްކަމަށްވާ ”ޢާންމުންގެ އެކުވެރި ގުޅުން“ ޖަމްޢިއްޔާއިން މިއަދު މއ.ސްނޯސްކައި އަށް ޒިޔާރަތްކުރައްވައި، ހައްވައްތަގެ ހާލަތު ބަޔާންކޮށް ޓްވިޓާރގައި ޢާންމުކުރި ވާހަކަތަކާއި ގުޅިގެންނެވެ.

ޢުމުރުން 50 އަހަރުގެ ހައްވައްތައަކީ މާލެއަށް އުފަން މާލޭގެ ރަށްވެއްސެކެވެ. ވޭތުވެދިޔަ 50 އަހަރުތެރޭގައި ދެ ދަރިންނާއެކު ހައްވައްތަގެ ހަޔާތް ވޭތުކޮށްފައިވަނީ އެންމެ 70 އަކަފޫޓުގެ ގޮޅިއެއްގައެވެ.

”ހަފްތާއެއް ކުރިން އަޅުގަނޑަށް ފޯނު ކޯލެއް އައެވެ. އައްސަލާމްއަލައިކުމް. މިއީ ކޮތަރުކޮށިން ހައްވައްތަ. މިގެއަށް ޕީޕީއެމް މީހުންއައި، މުޢިއްޒުއައި، އެމްޑީޕީ މީހުން އައިސް ފޮޓޯ ނެގި، އެހެނަސް ފްލެޓު ކޮމެޓީން އައިސް ބަލާފައި ‏އަޅުގަނޑަށް ކުރިން ލިބުނު ފްލެޓު އަތުލައިފި. ވޯޓާއި ދިމާކޮށް އައި އެމްޕީ މިހާރު ފޯނެއް ނުނަގާ. ޕާޓީ ބަޔަކު މިހާރު ނާދޭ! މިދޫ މިގެއަށް އައިސް އަޅުގަނޑުގެ ދިރިއުޅުމުގެ ހާލަތު ބަލައި ލިބުނު ފްލެޓު އަތުލި ސަބަބު ދައްތައަށް ކިޔައި ދޭންވީނުން“ ޢާންމުންގެ އެކުވެރި ގުޅުމުގެ ރައީސް މިދުއަމް އަށް ގުޅާފައި ހައްވައްތަ ދެންނެވިކަމަށް، ޢާންމުންގެ އެކުވެރި ގުޅުމުން ރިޕޯޓުކޮށްފައިވެއެވެ.

މި ގޮތުން މިދުއަމް މިއަދު ވަނީ މއ.ސްނޯ ސްކައިއަށް ޒިޔާރަތްކުރައްވައި ހައްވައްތަގެ ހާލަތު ބައްލަވައިލައްވާފައެވެ.

”‏މިއަދު އަޅުގަނޑު އެ ގެއަށް ދިޔައިމެވެ. މިއީ ހައްވައްތަގެ ވާހަކައެވެ. އަޑުއައްސަވާށެވެ. ހައްވައްތަގެ އުމުރުން 50 އަހަރު ވަނީއެވެ. މާލޭ ރަށްވެއްސެެކެވެ. 2 ދަރިން އަދި ފިރިމީހާއާއެކު ދިރިއުޅެނީ 70 އަކަފޫޓުގެ ތަންކޮޅެއްގައެވެ. އެންމެން ނިދައި، ކައިބޮއި، އެހެން ހުރިހާ ކަމެއް ކުރަނީ 50 އަކަފޫޓު ހަމަނުވާ ކޮޓަރީގެ ބަންކު އެނދެއްގައެވެ. ހަތަރު ފާރު ވީރާނާވެފައިވާއިރު ބޯމަތީއިން އަޅުގަނޑު އަތްޖެހޭ ފުލައިވުޑު ސީލިންގު ބޮލަށް ނުވެއްޓި ހުރީހަމަ ނަސީބުންނޭ ހިތަށް އެރިއެވެ. އެ ސީލިންގް ބޮލަށް ވެއްޓޭނީ ކޮންއިރަކުބާވައޭ ސުވާލު ކުރެވުނެވެ. ކޮޓަރިއަށް އަޅުގަނޑާއި ހައްވައްތަ ވަނުމުން ދެން އިތުރު މީހަކު ކޮޅަށް ހުންނާނެ ޖާގައެއްވެސް ނެތެވެ. އެއްފަޅީގައި ބަންކު އެނދު ހުރިއިރު އަނެއްފަޅީގައި އެެއްޗެހި ކިރިޔާ ބެހެއްޓެނީއެވެ. 18 އަހަރުން މަތީ ދެ ‏ދަރިން މަތީ އެނދުގައި ނިދާއިރު ހައްވައްތަގެ ދެމަފިރިން ނިދަނީ ތިރީ އެނދުގައެވެ. ތަނަށް ވަންތާ މާގިނައިރެއްނުވެ އަޅުގަނޑު ދާހިއްލަން ފަށައި ހާސްވާން ފެށިއެވެ. ޖާގަ ކުޑަވެ، ހުރި މަދު އެެއްޗެހި އެއީ ވަރަށް ގިނަ އެއްޗެހިހެން ހީވާގޮތްވީއިރު ތަނުގައި ‏ވައި ދައުރުވާނެ އެއްވެސް ގޮތެއް ނެތެވެ. ކުޑަ މޭޒުމަތީ ފަންކާއެއް އަރިމަތީ ފާރުގައި ހަރުކޮށްފައިހުރިއިރު އޭގެ ވަޔެއް ބަންކު އެނދު ތިރީގައި ނިދާ ހައްވައްތައަށް ނުޖެހޭނެކަން އިހުސާސްވިއިރު އަޅުގަނޑު ހުރީ ދާހިއްލައި ފޯވެ ބޭރަށް ނިކުންނަން ބޭނުންވެފައެވެ. ‏އަވަސް އަރުވާލާފައި ހައްވައްތަ ގާތު ފޮޓޯއެއް ނަގަން މާސްކު އަޅަން އެދުނީމެެވެ. އެ ވަގުތު ހައްވައްތަ ބުންޏެވެ. ”ދައްތަ ނޭވާލުމުގެ މައްްސަލަ ހުރޭ. މާސްކު އެޅުން މަނާ“ އަދި ބަންކު އެނދުގެ ތިރިއަށް ފޯނުން އަލިކޮށްލާފައި ކަނުގައި
‏ހުރި ކުޑަ މެޝިނެއް ދައްކައިލިއެވެ. ހައްވައްތަ ނޭވާލާން މެޝިން ބޭނުން ކުރަން ޖެހެއެވެ! ރޭގަނޑުން ފެށިގެން ހެނދުނުވަންދެން ކޮޓަރީގައި އިންހައި ހިނދަކު އެ މެޝިން ބޭނުން ކުރަން ޖެހެއެވެ. އެ ހާލުގައި އުޅޭތާ 5 އަހަރު ވެއްޖެއެވެ. ބަޔަކު މީހުން ލަގްޒަރީ ‏އެޕާޓުމެންޓު ތަކުގައި ނޭވާލާ މެޝިނާއި ނިދާ މެޝިން ބޭނުން ކުރަން ޖެހޭ ވާހަކަ ދިވެހިން އަބަދު ދައްކައެވެ. ސަރުކާރުގެ އެންމެ މަތީ ފަންތިން އެކަން ބަލައެވެ. މީޑިއާތަކުން އެވާހަކަ ދައްކައެވެ. އެކަމަކު ހައްވައްތައަކީ އެ ޝާހީ ގަބީލާއަށް ނިސްބަތްވާ މީހެއް ‏ނޫނެވެ. ވީމާ ހައްވައްތަގެ ހާލެއް ނުބަލާނެ ތާއެވެ. އެވާހަކަ ނުދައްކާނެތާއެވެ. އެ ކޮޓަރީގައި 10 މިނެޓު ނުވަނީސް އަޅުގަނޑު ހާސްވާންފެށިއެވެ. ވީމާ އެތާ 50 އަހަރު އުޅުނު މީހަކު ނޭވާލުމުގެ މައްސަލަ ޖެހިފައިވުން އެއީ ހައިރާންވިކަމަކަށް ނުވިއެވެ. ‏ކޮންމެއަކަސް ބޭރަށް ނިކުމެ ހައްވައްތަގެ ނަން ފްލެޓު ލިސްޓުން ބަލައި، ކުރިން ލިބުނު ފްލެޓު ނިގުޅައިގަތް ގޮތް ދިރާސާ ކޮށްލީމެވެެ. ކުރީ ސަރުކާރުގައި ހައްވައްތައަށް ފްލެޓު ލިބުނެވެ. އެ ލިޔުންވެސް ލިބުނެވެެ. މިސަރުކާރުން ހެދި ފްލެޓު ކޮމެޓީން ހައްވައްތަ
‏ގެއަށް ގޮސް ބަލައި ފާސްކޮށް ނިންމީ ހައްވައްތަގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކަމަށެވެ. އެހެން ކަނޑައަޅައި ފްލެޓުކޮމެޓީން ހައްވައްތަގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ކަނޑާލީއެވެ. ދިނީ 19 ޕޮއިންޓެވެ. ފްލެޓު ގެއްލުނީ އެހެންވެއެވެ.“ ހައްވައްތަގެ ގެއަށް ޒިޔާރަތްކުރައްވާފައި ހައްވައްތައާއެކު ދެކެވުނު ވާހަކަތަކާއި މަންޒަރުތައް ސިފަކުރައްވަމުން މިދުއަމް ވިދާޅުވެފައިވާކަމަށް ޢާންމުންގެ އެކުވެރި ގުޅުމުން ރިޕޯޓުކޮށްފައިވެއެވެ.

މި ވާހަކަތައް އަޑުއައްސަވާފައި ކަންބޮޑުވެވަޑައިގެން ޑރ.މުޢިއްޒު ޓްވިޓާރގައިވަނީ ހައްވައްތަގެ ދިރިއުޅުމުގެ ހާލަތަށް ކުރިން ލިބުނު ޕޮއިންޓު މަދުކޮށް، ހައްވައްތައަށް ލިބިފައިވާ ފްލެޓުން މަޙްްރޫމް ކުރެއްވީ ކޮން ހަމަޔަކުންތޯ ސުވާލުއުފައްދަވާފައެވެ.

”ހައްވައްތައަށް ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯއެވެ؟“ ޑރ.މުޢިއްޒުގެ ޓްވީޓުގައިވެއެވެ.

ހައްވައްތަ ދިރިއުޅުމުގެ ޙާލަތަށް ކުރިން ލިބުނު ޕޮއިންޓު މަދުކޮށް ހައްވައްތައަށް ލިބިފައިވާ ފްލެޓުން މަހްރޫމް ތިޔަ ކުރެއްވީ ކޮން ހަމަޔަކުންތޯއެވެ؟ ހައްވައްތައަށް ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯއެވެ؟ މިފަދަ އެތައް އާއިލާއެއް ތިޔަ ގެންދަވަނީ މަގުމަތިކުރަމުންނެވެ. https://t.co/IYAhKGZdlv

— Dr Mohamed Muizzu (@MMuizzu) January 17, 2021

ޑރ.މުޢިއްޒު ވަނީ ސަރުކާރުން މިފަދަ އެތައް ޢާއިލާއެއް މަގުމަތިކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ތަޖުރިބާނެތް މީހުން ކޯޓުތަކަށް ޢައްޔަންކުރަނީ ޖޭއެސްސީން ބޭނުންވާ ގޮތަށް ޙުކުމްކުރުވަން: ހައިލަމް

ދަޢުވާ ކުރެވޭ ހާލަތްތައް ނޭނގޭ ޖާހިލުން މަޖިލީހަށް އިންތިޚާބުކުރުމުން ހިތާމަކުރަންޖެހޭ: ހައިލަމް

މާރޗް 4, 2021
މި ޢަޒުމަކަށް ބަދަލެއް ނާންނާނެ: ޣައްސާން

މި ޢަޒުމަކަށް ބަދަލެއް ނާންނާނެ: ޣައްސާން

މާރޗް 3, 2021
ތިޖޫރީގެ ދޮރުފަތް ގެއްލި، ވެރިންގެ ޢަބުރު ޚަރާބުވުން ނޫންކަމެއްނުވި: ޢުމަރު

ތިޖޫރީގެ ދޮރުފަތް ގެއްލި، ވެރިންގެ ޢަބުރު ޚަރާބުވުން ނޫންކަމެއްނުވި: ޢުމަރު

މާރޗް 3, 2021
ޚާރިޖީ ސިޔާސަތާމެދު މިއަދު ލަދުގަންނަންޖެހޭ، ރާއްޖެވެފައި މިވަނީ ސަލާންޖަހާ ޤައުމަކަށް: ދުންޔާ

ޚާރިޖީ ސިޔާސަތާމެދު މިއަދު ލަދުގަންނަންޖެހޭ، ރާއްޖެވެފައި މިވަނީ ސަލާންޖަހާ ޤައުމަކަށް: ދުންޔާ

މާރޗް 3, 2021

Comments 2

  1. ވަރަބިނދުނުކޮތަރު says:
    1 month ago

    ދިރިއުޅޭހާލަތްބަލާފަ ފުލެޓްދޭކަމަށް ބުނާއިރު މާލޭގަދިރިނުއުޅޭބައެއްގެ ހާލަތް ބެލީކިހިނެތް . ؟ ނުކުޅެދުންތެރި ކަމުގެ ކެޓަގަރީ މާލޭގަ ދިރި ނުއުޅޭބަޔަކަށް ވަގުތީލިސްޓްގަނަން އޮތްކަން ސާބިތު ކޮއްދޭނަން ، ހުވާކޮއްފަ ބުނަން ކުރޭއެއީއެމްޑީޕީއަށް ނިސްބަތްވާބައެއްކަން . މިފަދަނިކަމެތި ހާލުގަމާލޭގަ ދިރިއުޅޭ މާލޭ އުފަންމީހުންނަށް ފުލެޓް ދިނުން މާހައްޤުކަން ބޮޑު . ރަށްފުށުގަ ދިރިއުޅޭ އެމްޑީޕީއަށް ނިސްބަތްވާމީހުން ދިރިއުޅޭނީ ހާމަވަޔާ ޖައްވުގެ ފިނި ކަމުގަ ބޮޑުހިޔާދޭގަސްގަހުގެ ފިނިކަމުގަ އަމިއްލަ ބޮޑު ގޭގަ . ތިހެން ނަހަދާ . އެފަދަ ބަޔަކަށް މާލެއިން ފުލެޓް ނުދީ ރަށުގަ ބިންއޮތްއިރު ވީވައުދު ފުއްދަން އަމިއްލަރަށުން އެބަޔަކަށް ގެވަޅު ދީބަލަ . 6 މަސް ދުވަސް ތެރެފުއްދަންވީވައުދެއްއެއީ ، ނުކުޅެދުންތެރިކަމޭކިޔާއެބަޔަކަށް ފުލެޓް ދޭއިރު ފޯލިޔޯޖެހިފަ ފަޔަށް އޭގެ އަސަރު ކޮއްފަހުއްޓަސް މިހާރު ރަގަޅުވެ ބޮޑުމީހަކަށްވެ ދަރިންފައްޗެއްވެސް އެބައޮތް . ގަދަފަދަ ވަޒީފާއަދާކޮއް އާއްމުދަނީއެއް ލިބޭ ރަށްފުށުގަ ހަމަޖެހިގެން ދިރިއުޅޭއިރު އެބަޔަކު މާލެއަށް ބަދަލުކުރަން ފުލެޓެއް ދެނީކީއްވެ ؟ މިފަދަނިކަމެތިން ލިސްޓުން އުނި ކޮއްފަ . ހޮޔޮނުވާނެ މިވަރަށް ގަޢްދާރުވާން .

    Reply
    • ammadu says:
      1 month ago

      ތީ ވަކި އެމްޑީޕީ އޮތީމަ ވާގޮތެއް ނޫން. ރަށްރަށުގައި އަރާމުގައި ދިރިއުޅުނު ޕީޕީއެމަށް ނިސްބަތްވާ ބޮޑުންގެ އާއިލާތަކުގެ އެތައް ބަޔަކު އެންމެ ފަހުވަގުތުގައި މާލޭގައި ރަޖިސްޓްރީކޮށްގެން،ތިޔަ މުއިޒުގެ ދައުރުގައި ފްލެޓް ދީފައި އެބަހުރި. ކޮންމެ ވެރިކަމެއްގައިވެސް އެ ވަނީ އެހެން. ދެން ތިމާމެން ތާއިދު ކުރި ވެރިކަމުގައި އެކަން އެހެން ނުހިނގާކަމެއްކަމަށް ހަނދަން އުޅުނަސް އެއީ ނުވާ ކަމަކަށް ނުވާނެ. އެމްޑީޕީވެސް، އަދި ޕީޕީއެމްވެސް. ވަރަށް ސަލާމް.

      Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަނިޔާ ކުރިކަމަށްް ބުނެ، ދައުރުކުރަމުންދާ ފޮޓޯގެ ޙަޤީޤަތް، ސީޕީ ޙަމީދު ހާމަކޮށްދެއްވައިފި

    އަނިޔާ ކުރިކަމަށްް ބުނެ، ދައުރުކުރަމުންދާ ފޮޓޯގެ ޙަޤީޤަތް، ސީޕީ ޙަމީދު ހާމަކޮށްދެއްވައިފި

    0 shares
    Share 0 Tweet 0
  • ޝައިޚުން ނިކުމެ، އުސްތާޛު މައުމޫން ވަރަށް ބޮޑަށް ލަދުގަންނަވާލައިފި

    0 shares
    Share 0 Tweet 0
  • ހައިކޮމިޝަންގެ ފާރުމަތިން، މީހަކު ވައްދައިދިނުމަށް ފުލުހުން އެހީތެރިވާ ވީޑިއޯއެއް ޢާންމުވެއްޖެ

    0 shares
    Share 0 Tweet 0
  • އެންމެފަހުން ރައީސް މައުމޫން ޑރ.އިޔާޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In